ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 5 ވާ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ތާވަލް ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު ރައްޔިތުން މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެގޮތުން ނިމިދިޔަ ދެވަނަ ދައުރުގައި ރައްޔިތުން މަޖިލީހުގެ ޖުމްލަ 37 ޖަލްސާއެއް ވަނީ ބާއްވަވާފައެވެ. އަދި ދެވަނަ ދައުރުގައި ބޭއްވިގެންދިޔަ 37 ޖަލްސާގައި ޖުމްލަ 21 ބިލެއް ވަނީ ފާސްކުރަށްވާފައެވެ.

Ad
rt

ރައްޔިތުން މަޖިލިސް ޗުއްޓީއަށް ދިއުމާއެކު، އެކި މަޖިލީހުގެ އެކި ދާއިރާތަކުގެ މެންބަރުން ދިޔައީ އެ ދާއިރާގެ ރައްތަކުގެ ރައްޔިތުންގެ ޙައްޤުގާ އެ ރަށްތަކަށް ދިމާވެފައިވާ ކަންކަމާއި، ރައްޔިތުން ބޭނުން ވެފައި ހުރި ކަންކަމާ އަދި އެކަންކަމަށް ހައްލު ހޯދުމަށް އެކި އެކި މަޝްވަރާތައް ކުރުމަށް ތަފާތު އެކިއެކި ވުޒާރާތަކަށް ގޮސް މިނިސްޓަރުންނާއި އެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ.

ކޮންމެ އަހަރެއްގައިވެސް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމުމަށް މަޖިލީހުގެ ގަވާދުގައި ތާވަލްކޮށްފައިވަނީ އޮގަސްޓް މަހަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުން ބޭނުންފުޅުވަނީނަމަ މުއްދަތު އެއަށްވުރެއް ދިގުކުރުމުގެ ހުއްދަ މަޖިލީހުގެ ގަވައިދު ބުނާގޮތުން ދެއެވެ.