އެޑެކްސެލް އޭ ލެވެލް އިމްތިހާން ހަދާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާން ހެދުމަށް ހަމަޖެހިފައިވާ ސެންޓަރު ހުރި ރަށަކަށް ދިއުމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން އެދިއްޖެއެވެ.
ޑީޕީއީ އިން މިއަދު ބުނީ އެ އިމްތިހާނު ހަދާ ދަރިވަރުން 27 ސެޕްޓެމްބަރުގެ ކުރިން އިމްތިހާނު ހަދާ ސެންޓަރަށް ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ކޯވިޑް-19 އާ ގުޅިގެން، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށްރަަށުގައި ތިބި ދަރިވަރުން 2020 ވަނަ އަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށް އެ ކެނޑިޓޭޓަކު އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަށް މިހިނގާ ސެޕްޓެމްބަރު މަހުގެ 27 ވާ އާދީއްތަ ދުވަހުގެ ކުރިން ދިއުމަށް އިލްތިމާސް ކުރަމެވެ." ޑީޕީއީއިން ބުނެފައި ވެއެވެ.
އިޢުލާން: ކޮވިޑް-19 އާއި ގުޅިގެން އިމްތިޙާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށް ރަށުގައި ތިބި ކެންޑިޑޭޓުން އިމްތިޙާނު ހަދާ ސެންޓަރު ހުރި ރަށްރަށަށް ދިއުމާ ގުޅޭ. pic.twitter.com/GAeLX0AS4t
— Department of Public Examinations (@dpemv) September 20, 2020
މިއަހަރު ޖޫން މަހު ބޭއްވުމަށް ހަމަޖެއްސި އޭލެވެލް އިމްތިހާން ފަސްކޮށްފައިވަނީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލަށް ހާޒިރުވެ ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވުމާއި ގުޅިގެން ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމުންނެވެ.
މި އަހަރު ބާއްވާ އޭލެވްލް އިމްތިހާނުގައި ސްކޫލް ސެންޓަރުުތަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން 1529 ދަރިވަރުން ބައިވެރިވެ އެވެ. މީގެތެރޭގައި ހިމެނެނީ ސްކޫލްތަކުން ބައިވެރިވާ 1435 ދަރިވަރުންނާއި، ޑިޕަރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެދަށުން އަމިއްލަގޮތުން ބައިވެރިބާ 94 ދަރިވަރުންނެވެ.
އެ އިމްތިޙާން ކުރިއަށްދާނީ މާލޭގެ 4 ސެންޓަރާއި، އަތޮޅުތަކުގެ 33 ސެންޓަރެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!