ހއ. ކެލާ ކަނޑޫފަލުން އާދަޔާއި ހިލާފަށް މަސް މަރުވާން ފަށައިފި އެވެ.
ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ ކެލާ ކަނޑުފަލުން ގިނަ އަދަދެއްގެ މަސް މަރުވެފައިވާކަމަށެވެ. މަސް މަރުވާ ވަކި ސަބަބެއް އަދި ދެނެގަނެވިފައިނުވާކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ ފެންގަނޑު ހޫނުވުމުގެ ސަބަބުން ނުވަތަ ފެންގަނޑު ހިނދުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށް ވިދާޅުވި އެވެ.
ގުފްރާން އިތުރަށް ވިދާޅުވީ ދޭތެރެ ދޭތެރެއިން މަސްމަރުވުމުގެ މައްސަލަ ދިމާވާކަމަށެވެ. އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ގުފްރާން ވިދާޅުވި އެވެ.
Kelaa Kandoofa pic.twitter.com/TIg5Tzp8ux
— Ali Firaaz (@Firaaz_) September 15, 2020
އެރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދެމުން ބުނެފައިވަނީ ކަނޑޫފާ ސަރަހައްދުގައި ފުދޭވަރަކަށް ކުނިވަސް ދުވާކަމަށެވެ. މިމަސްތަކަކީ ކަނޑޫފަލުގައި މަދިރި އުޅޭތީ ލާފައިވާ މަސްތަކެއް ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
ހދ.ނޭކުރެންދޫ އާއި ކޭލާ ކަނޑޫފަލުން ގިނައަދަދެއްގެ ގަސްތައް މަރުވަމުންދާ މައްސަލައެއް ދާދިފަހުން ވަނީ ފާހަގަ ކުރެވިފަ އެވެ. އެމައްސަލައާއި ގުޅިގެން ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރި ފީލްޑް ސާވޭ ވަނީ ދައްކާފަ އެވެ.
ކެލާ ކަނޑޫފަލުން އާދަޔާއި ހިލާފަށް މަސް މަރުވަނީhttps://t.co/O4DH4HiT0i pic.twitter.com/fc0GrAldr1
— Thiladhun (@thiladhun) September 15, 2020
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހއ. ކެލާ ކަނޑޫފާ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ.
ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މަންޒިލެކެވެ. އެއީ އެތަނުގައިވާ ކުޅީގެ ރީތިކަމާއި އެތަނުގެ އެންވަޔަރަމްނަޓްގެ ހިތްގައިމު ކަމެވެ.
ގުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް ކެލާއަކީ ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައިވާ ރާއްޖޭގެ އެންމެ އުތުރުން ޗަސްބިން ފެންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. މުޅި ރަށުގެ ބޮޑުމިނުގައި 212 ހެކްޓަރ ހުންނަ އިރު ރަށުގައި އުފެދިފައިވާ ޗަސްބިމުގެ ބޮޑުމިނުގައި 22 ހެޓަރ ހުރެއެވެ. މިސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ޢަދަދަކަށް ކަނޑޫގަސް ފެންނަ ސަރަހައްދެވެ.
މި ޗަސްބިމަކީ ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ، ރަށުގެ ތާރީޚާއި ގުޅުން ހުރި ޗަސްބިމެކެވެ. މިގޮތުން، މިރަށުގެ ކަނޑޫފަލުން ލިބެންހުރި ކަނޑޫ، ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި "ބޮޑުތަދު" ގައި ކެލާ އަދި ކައިރީގައިވާ ރަށްތަކުން ކާނާގެ ގޮތުގައި ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކެލާއާ، އިންވެގެން ހުރި ރަށްތަކަށް ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވިއެވެ. މިހާރު ވެސް މަދުމަދުން ކަނޑޫ ކެއުމަށް ބޭނުން ކުރަމުން ދެއެވެ.
https://thiladhun.wonstasite.com/10878
މީގެ އިތުރުން ކެލާ ޗަސްބިމުގައި ވަރަށް ބިޔަކޮށް ހެދިފައިވާ، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުއްޅަވައްގަހެއް ވާކަން ފާހަގަކުރެވެއެވެ. ވަޒަންވެރިވެގެން އުޅޭ އަދި ހިޖުރަކުރާ ދޫނި މިސަރަހައްދުން ގިނަ ޢަދަދަކަށް ފެނެއެވެ. މިގޮތުން ކުޅީކުކުޅުގެ ބޮޑު އާބާދީއެއް މިސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރެއިން މާކަނާ، އިރުވާހުދު، ކަނބިލި، ރާބޮނދި އަދި ކޮވެލި މިސަރަހައްދުގައި ދިރިއުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!