ހއ. ދިއްދޫ ބަނދަރުން މީގެ 10 އަހަރު ކުރިން ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު ހަމަވުމަށްފަހު އިތުރު 6 މަސްދުވަސް އިތުރު ކުރެވިފައިވަނީ ކޮންއުޞޫލަކުންތޯ ބަލައިދިނުމަށް އެދި އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައަޅާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ތިލަދުންއަށް މަޢުލޫމާތު ދެމުން އޭސީސީއިން ބުނެފައިވަނީ މިމައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ހުރުމުން ތަޙްޤީގެއް ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު އެމަސައްކަތް އެކޮމިޝަނުން ކުރިއަށްގެންދާކަމަށާއި ދަޢުވާކުރަންޖެހޭ ވަރުގެ މައްސަލައެއް ފެނިއްޖެނަމަ ދަޢުވާކުރަން ފޮނުވާނެކަމަށްވެސް އޭސީސީގެ އޮފިސިއަލް ވިދާޅުވެފައިވެ އެވެ.
މިމައްސަލަ އޭސީސީއަށް ހުށައެޅި ފަރާތުން ބުނެފައިވަނީ މިބިންތަކާއި ގުޅިގެން އޭސީސީއިން ޖިނާއީ ތަޙްޤީގެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެފަރާތައް އަންގާފައިވާ ކަމަށާއި 11 ބިންތެރެއިން 5 ބިމެއް 18 މަސްދުވަހަށް އިތުކޮށްފައިވާކަމަށެވެ.
ތިލަދުންއަށް ކޮޕީ ލިބިފައިވާ އޭސީސީ އަށް މައްސަލަ ހުށައެޅުމުގެ ފޯމުގައި ބުނެފައިވަނީ އެކަމުގެ ސަބަބުން ދަޢުލަތައް ގެއްލުމުގެ ތަފްޞީލް ހިސާބެއް ކައުންސިލްމެދުވެރިކޮށް ހޯއްދަވައިދެވިދާނެތޯ ބެލުމަށާއި މި ޢަމަލު ހިންގިފަރާތްތަށް ޝަރީއަތަށް ޙާޒިރުކުރެވިދާނެތޯ އަދި އެފަރާތްތަކުން ގެއްލުމުގެ ބަދަލުނެގޭނެ ގޮތަކީ ކޮބައިތޯ ސާފުކުރުމަށް ހުށައެޅީ މައްސަލައެއް ކަމަށެވެ.
މިހާރު އެގްރީމެންޓް ބުނާގޮތުން އެބިމުގައި އެޅިފައިވާ އިމާރާތްތަކަކީ ކައުންސިލްގެ މިލްކެކެވެ. ބިޑު އުޞޫލުން ބޭރުން އިމާރާތްތަށް އެފަރާތްތަކަށް ދިނުމަށްޓަކައި ކައުންސިލުން މަސައްކަތްކުރަނީ ކީއްވެގެންތޯ؟؟ ފްރީ ބިޑަކަށް އެއިމާރާތްތަށް ހުޅުވާނުލާން ކައުންސިލުން އުޅޭ ސަބަބަކީ ކޮބައިތޯ؟
އޭސީސީއަށް ހުށައެޅި ލިއުމުގައި ބަޔާންކޮށްފައިވެއެވެ.

މިކަމާއިގުޅިގެން މިއަހަރުގެ ފެބްރުއަރީމަހު ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ހާޝިމް ވިދާޅުވީ ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށާއި އިތުރަށް 6 މަސްދުވަސް އިތުރު ކުރެވިފައިވާނޭކަމަށާއި މީގެ 10 އަހަރު ކުރިން ހެދިފައިވާ އެގްރީމެންޓުގައި މިހާރު ބިމާއި ބެހޭ ޤާނޫނަށް ގެނެވިފައިވާ އިސްލާޙްތަކާއި ގާނޫނީ ފުށުއެރުންތަކެއް އެކަމުގައި ހުރިކަން ފާހަގަ ކުރިއެވެ. މިމައްސަލަ އާންމު ފަރާތަކުން އޭސީސީއަށް ހުށައެޅުމާއި ގުޅިގެން ހާޝިމް ވިދާޅުވީ މިފަދަ ކަންކަމުގައި ކަންބޮޑުވުން ހުރިނަމަ މައްސަލަ ސާފުކުރުމަކީ ކޮންމެ ފަރުދަކަށް ލިބިގެންވާ ހައްޤެއްކަމަށެވެ.
https://thiladhun.wonstasite.com/18265
މިބިންތަކާއިބެހޭގޮތުން މިއަދު ތިލަދުންއަށް މަޢުލޫމާތުދެމުން ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިބިންތަކާއި ބެހޭގޮތުން މިހާރު އެލްޖީއޭއާއި އެކު މަސްވަރާކުރެވި މިކަން ވަކި ގޮތަކަށް ނިންމުމުގެ މަސައްކަތް ކުރެވެމުން ދާކަމަށެވެ. އަދި މިއީ ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާކަމުން ގޮންޖެހުންތަކެއް ހުރިކަން ހާޝިމް ފާހަގަ ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!