މިޑްލް ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫ ޒުވާނުންގެ މަރުކަޒާ ގުޅިގެން ބާއްވާ "ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.

މިޑްލް ސްޕޯރޓްސް ކުލަބުން ބުނެފައިވަނީ މި މުބާރަތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާކަމަށެވެ. އެއީ އައްޑާ ސްޕޯރޓްސް، އެލް އެލް ސްޕޯރޓްސް، ވައިޕާރސް، ދަ ބުރޭވްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، މިޑްލް ސްޕޯރޓްސް ކުލަބް، ނާޑް ސްޕޯރޓްސް، ޓީމް މިޑްލް، ޕުރައިމް ޝޫޓާރސް އަދި ޓީމް މިޑްލް އެވެ.

Ad
rt

މި މުބަރަތަކީ ދިއްދޫ ޒުވާނުންނަށް ބާސްކެޓް ބޯޅަ ތައާރަފް ކުރުމަށާއި ބާސްކެޓް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަން މަގުފަހިކޮށް ދިނުމަށް ބާއްވާ މުބާރާތެއްކަމަށް އެކުލަބުން ބުނެ އެވެ.

މި މުބާރަތްގެ ފުރަތަމަ ދުވަހު ހަތް 7 މެޗެއް ކުޅެންވަނީ ހަމަ ޖެހިފަ އެވެ. އެގޮތުން ހަވީރު 4 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ރޭނގަޑު 3 މެޗް ކުޅުމަށްވަނީ ތާވަލް ކުރެވިފަ އެވެ.

🏆 RETAW Solutions 3x3 Basketball Tournament 2020.
⛹️Match Day 1 Matches.
📅13 September 2020 (Sunday)
🕑 16:15 --
📌 Dhidhdhoo Youth Centre
#RETAW #MiddleSportsClub #HaDhidhdhoo

Posted by Middle Sports Club on Saturday, September 12, 2020

މިމުބާރާތް ކުރިއަށް ދާ ވަގުތު ވަރަށް ޙާއްސަ ލަކީ ޑްރޯއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ލަކީ ޑޮރޯއިން ހޮވޭ ފަރާތަކަށް މި މުބާރާތުގެ މެއިން ސްޕޮންސާރ ރިޓޯ ސޮލިއުޝަން ގެ ފަރާތުން 4999.00 ރުފިޔާގެ އަގުހުރި މީރުފެން ފިލްޓާރ ކުރާ މެޝިނެއް ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.

މި ލަކީޑްރޯގެ ކޫޕަން ދޫކުރާނީ މެޗްތަށް ކުޅެވުމުން ދާ ވަގުތު އެވެ. ކޫޕަން ލުމުގެ އެންމެ ފަހު ވަގުތަކީ ފައިނަލް މެޗް ނިމުމުގެ ކުރިން ނެވެ. އަދި ގުރުއަތު އޮންނާނީ މުބާރަތުގެ އިނާމު ދޭ ރަސްމިއްޔާތުގަ އެވެ.

މިމުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކީ "ތިލަދުން" އެވެ. މިމުބާރާތުގެ ހަބަރުތަކާއި މަޢުލޫމާތު ތިލަދުން އިން ގެނެސްދެމުންދާނެ އެވެ.