ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތްތަށް ޝަރުތުހަމަވާ ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށް އެ ޢިއުލާންގައި ބުނެފައި ވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެއެވެ. ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރު 2020 އިން 22 އޮކްޓޫބަރު 2020 އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށް ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީ ގޮތުގައި 1,300,000.00 ދިވެހި ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޔޫ.އެސް ޑޮލަރ އިން އިން ބަހައްޓަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި ޕްރޮޖެކްޓްގެ ބީލަން ހުޅުވުން އޮންނާނީ 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައިކަމަށް ފިނޭންސުން ކުރި ޢިއުލާނުގައި ބުނެފައިވެއެވެ.
ރޭ ފިނޭންސް މިނިސްޓްރީއިން ވަނީ ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމުގެ އިތުރަށް، ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތާއި، ށ. މިލަންދޫގައި އައު ސިއްޙީ މަރުކަޒެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފައެވެ.
މީގެ އިތުރުން ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލް ހެދުމުގެ މަސައްކަތާއި، ތ. ވިލިފުށި އައު ހޮސްޕިޓަލްގެ މަސައްކަތާއި، ދ. ކުޑަހުވަދޫ ހޮސްޕިޓަލް އައު އިމާރާތުގެ މަސައްކަތާއި، ބ. އޭދަފުށި އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތާއި، ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތާއި، އއ. ރަސްދޫ ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތާއި، އދ. މާމިގިލީ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދި ޅ. ހިންނަވަރު އައު ޞިއްޙީ މަރުކަޒުގެ މަސައްކަތް ކުރާނެ ފަރާތްތައް ހޯދުމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވަނީ ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!