ރަށު ތެރޭގައި ކޯވިޑް-19 ފެތުރިފައި ވޭތޯ ބެލުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީގައި ނެގި ރެންޑަމް ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ އިއްޔެ ޖުމްލަ 72 ސާމްޕަލް ކުޅުދުއްފުށިން ނަގާފައި ވާ ކަމަށެވެ.

Ad
rt

އިއްޔެ އެރަށުން ނެގި ސާމްޕަލްތައް ކޯވިޑަށް ނެގެޓިވްވުމާއި ގުޅިގެން ކޭއާރުއެޗްއިން ބުނީ ދުޢާ އަކީ ކޯވިޑްގެ ބަލިމަޑުކަން ކުޅުދުއްފުށީގައި ނެތުން ކަމަށާއި، އަދި އެ ބަލި އެރަށަށް ނައުން ކަމަށެވެ.

" ރާއްޖެއިންނާއި ދުނިޔެއިން މި ބަލިމަޑުކަން ފިލާ ގޮސް ދުނިޔެ އަލުން އާރާސްތު ވެގެން ދިއުން." ކޭއާރުއެޗްއިން ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ބަލި އުޅެދާނެ ކަމަށް ބަލައި ރައްކާތެރިވުމުގެ ގޮތުން އަަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން. ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ހިފެހެއްޓުމެއް ނެތް ޝުކުރު ރައްދު ކުރަން."

ކޭއާރުއެޗްއިން އިތުރަށް ބުނެފައި ވެއެވެ.

ކޭއާރުއެޗް އިން ރަށުތެރޭގައި ކޯވިޑް ފެތުރިފައިވޭތޯ ބެލުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު މާލެ ފޮނުވާލި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ މޮނިޓަރިންހާލަށް ގެނައުމުން މެދު ކަނޑާލި ކޭއާރުއެޗުގެ އޯޕީޑިގެ ޚިދުމަތް ވަނީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އަލުން ފަށާފައެވެ.