ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރެން ފަށާއި މިބަލި ރާއްޖޭގެ ގޮނޑުދޮށްތަކަށް އައީ 2020 ވަނަ އަހަރުގެ މާރިޗް 7 ވަނަ ދުވަހެވެ.

އެއާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19 އަށް ފަރުވާކުރުމަށް ދިއައީ އެކި އެކި މަސައްކަތް އަވަދިނެތި ކުރަމުންނެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކުން ކޯވިޑް ކޭސްތައް ފެނުނުއިރު، ހަމަ ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތްތެރީން ތިބީ ރަށަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. އެ ރަށްތަކުގެ ކައުންސިލްތަކާއި، ސިއްޚީ ދާއިރާގެ ފަރާތްތައް ގުޅިގެން ދިޔައީ ރައްޔިތުން ހޭލުންތެރިކޮށް، ރަށު ފެންވަރުގައި ކުރެވޭނެ ހުރިހާ ކަމެއް ކުރަމުންނެވެ. އެގޮތުން މިރިޕޯޓްގައި މި ފާހަގަކޮށްލަނީ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު (ށ. އަތޮޅު ހޮސްޕިޓަލް)، އަސި ށ އަތޮޅުގެ ކޯވިޑް19 ޓާސްކް ފޯސް އިން ކޮށްފައިވާ ބަޔެއް މަސައްކަތްތަކާއި ހިންގިފައިވާ ހަރަކާތްތަކެވެ.

Ad
rt

ސަރަޙައްދުގެ ޒޯން ކޯވިޑް ފެސިލިޓީ ހުރީ ށ. އަތޮޅުގައެވެ. ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުވެގެން ގޮސްފައިވަނީ ސަރަޙައްދަށް ދިމާވި އުނދަގޫ، ހިތްދަތި ވަގުތުގައި ތަފާތުކުރުމެއްނެތި ޚިދުމަތްދިން ސެންޓަރަކަށެވެ.

ޒޯން 1 ކޮވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭގެ އިތުރުން ވެސް އިތުރު ކޯވިޑް ބަލިމީހެއް އެ ސެންޓަރުގައި ވަނީ އެޑްމިޓްކޮށްފައެވެ. އެ ދެމީހުން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ. އިއްޔެގެ ނިޔަލަށް އެހޮސްޕިޓަލުންވަނީ ޖުމްލަ 853 ސާމްޕަލް ނަގާފަ އެވެ.

ށ. އަތޮޅު ހޮސްޕިޓަލާއި ޓާސްކް ފޯސް އިން ހިންގާފައިވާ ބައެއް ޙަރަކާތްތައް:

  • އަތޮޅުތެރޭގެ މުޢައްސަސާތަކުގެ ވެރިންނާއި ފޯކަލް ޕޮއިންޓުންނާއެކު ފުނަދޫގައި ބައްދަލުވުމެއް ބޭއްވުން
  • އިމަޖެންސީއެއްގައި ޙަރަކާތްތެރިވާނެ ޓީމް ތައް ކަނޑައެޅުމާއި ތަމްރީން ދިނުން.
  • ރައްޔިތުން ހޭލުންތެރިކުރުން.
  • ޑޮކްޓަރުންނާއި ނަރުހުން އަދި ކްނިނިކަލް މުޢައްޒަފުން އެސް.އޯ.ޕީ ތަކަށް އަހުލުވެރިކުރުވުން.
  • ރަށުގަ އޮންނަ ބޯޓަށް ހޭލުންތެރި ޕްރޮގްރާމް ހިންގުން. (ބަލިމީހަކު ފެނިއްޖެނަމަ އަމަލުކުރާނެ ގޮތާއި، ފަޅުވެރިންގެ ރައްކާތެރިކަމާއި ، ބޯޓްތެރެ ސާފްކުރާނެ ގޮތާއި، ޕަސިންޖަރުންގެ މަޢުލޫމާތު ފޯރުކޮށްދޭނެ ގޮތްތަކާއި..)
  • ހޮސްޕިޓަލުގެ ހުރިހާ މުޢައްޒަފުންނަށް މަޢުލޫމާތު ދިނުން. މާސްކާއި ކޮވިޓް ކިޓް ބޭނުންކުރާނެގޮތް ކިޔާދިނުން، ހޮސްޕިޓަލް ސާފް ކުރުމުގައި ގެންގުޅޭ ޙާއްސަ މިންގަނޑުތަކަށް އަޙުލުވެރިކޮށް އަމަލީގޮތުން ފެށުން
  • އޯޕީޑީ އަށް އަންނަ ބަލިމީހުން ވަންނަ ގޭޓް ތަފާތު ކުރުމާއި، ޝައްކު ކުރެވޭ މީހުން ވަންނާނެ ގޭޓް، ދާނެ ޑެސްކް، އިށީންނާނެ ތަން އަދި ދަތުރުކުރާނެ ރޫޓް އެނގިފައި އޮތުން، އަދި މުޢައްޒަފުން ސޮއިކުރާ ސަރަޙައްދު ބަދަލުކުރުމާއި ބޭނުންތަކުގައި އޯޕީޑީ ނޫން ސަރަޙައްދެއް ބޭނުންކުރެވޭނެ ގޮތްތަކެއް ހެދުން.
  • ހޮޓްލައިން ތަޢާރަފް ކުރުން
  • އޮންލައިންކޮށް އަތޮޅުތެރެއަށް ތަމްރީން ހިންގޭނެ ވަސީލަތްތައް ޤާއިމް ކުރުން.
  • އޮންލައިން ޓްރޭނިންގ ސިސްޓަމް ބޭނުންކޮށްގެން ގޮއިދޫގައި މަސައްކަތްކުރާ ޑޮކްޓަރ މެދުވެރިކޮށް ފުނަދޫގައި މަސައްކަތްކުރާ ބަނގުލާދޭޝް މީހުންނަށް މަޢުލޫމާތު ދިނުން.
  • ރައްކާތެރިވުމާއި ގުޅޭ ގޮތުން މީސް މީޑިއާގައި ހަރަކާތް ހިންގުން
  • ހޮސްޕީޓަލްގައި ސެނިޓައިޒަރ ބެހެއްޓުމާއި އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ޕޮސްޓަރތައް ތަތްކުރުން
  • ނަރުހުންނާއި ޑޮކްޓަރުން އަދި ވޮޝްޓީމަށް ވަކި ޙާއްސަ ސްކްރަބްއެއް ތައްޔާރުކުރުން.
  • ބަލިމީހަކު ހޮސްޕިޓަލަށް އައުމާއި ތަނަކަށް ބަދަލުކުރުންފަދަ ކަންކަމުގައި އަމަލުކުރާނެ ފޮލޯ ޗާޓެއް ހެދުމާއި ތަމްރީން ދިނުން.
  • އައި.އީ.ސީ މެޓީރިއަލް، ވީޑިއޯ ހަދާ އާއްމުކުރުން
  • އިމަޖެންސީ ރެސްޕޮންސް ޓީމް (އީ.އާރ.ޓީ) އުފައްދާ ތަމްރީންކޮށް ގައިޑްލައިން ހެދުން
  • ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރ.ޓީ) އުފައްދާ ތަމްރީންކޮށް ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ފެށުން
  • އަތޮޅު ޓާސްކްފޯސް އަދި ރަށު ޓާސްކް ފޯސް އެކުލަވާލުމާއި ތަމްރީން ކުރުން
  • ކައުންސިލުން - ރަށަށް އަރާފޭބުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅާ އިއުލާން ކުރުން
  • މިސްކިތްތައް ސާފުކުރާނެ ގޮތްތައް ކިޔައިދިނުން
  • ވޮލަންޓިއަރުން ހޯދުން، ސޯޝަލް ޑެސްކަށް ބޭނުންވާ ތަމްރީންތައް ނިއްމުން
  • ޕާކް ފަދަ ތަންތަން ބަންދުކުރުމާއި އެއްވެ ނޫޅުމަށް އެންގުން
  • ކަށުކަމާކެމީގެ ތަމްރީންތައް ކުރިއަށް ގެންދިއުން

ނަފްސާނީ އިޖްތިމާޢީ އެހީތެރިން

• ހޮސްޕިޓަލްގެ މުއަށްޒަފުން ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީނު ދިނުން
• މުޢައްސަސާތަކަށް ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުން
• އަތޮޅު ތެރޭގައި ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ދިނުމާއި އިމޯޝަނަލް ސަޕޯޓް ޓީމް އުފެއްދުން

އަތޮޅުން ފުރަތަމަ ކޭސް ފެނުނީ ނަރުދޫއިން 25 މެއި 2020 ވަނަ ދުވަހު އެވެ. ޕޮޒިޓިވްވި މީހުންގެ ޢަދަދަކީ 11 އެވެ. މިލަންދޫ 25 މެއި 2020 އެކަކު ޕޮޒިޓިވްވިއިރު ޅައިމަގުންވެސް 26 އޯގަސްޓު 2020 ވަނަ ދުވަހު ވަނީ މީހަކު ޕޮޒިޓިވްވެފަ އެވެ.