ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާ ހޯމު ކަރަންޓީނުގައި ހުރި ނަމަވެސް އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީ އެމީހުން އަމިއްލައަށް މިހާރު ކަރަންޓީނު ވެފައި ވާކަމަށް މަޢުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ.

Ad
rt

ފީވަކުގެ އިތުރުން ވެސް ހަރަށަކުން މިއަދު އަލަށް ކޯވިޑަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ޅ. ނައިފަރުން ޕޮޒިޓިވްވި ހަތަރު މީހަކާއި ރ، އިނގުރައިދޫއިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ބ. އޭދަފުށިން ޕޮޒިޓިވްވީ ހަތަރު މީހަކު ހިމެނެއެވެ. ދެން ހިމެނެނީ ރަސްމާދޫއިން ޕޮޒިޓިވްވި މީހަކާއި ގއ. ދާންދޫއިން ޕޮޒިޓިވްވި ދެ މީހަކާއި ށ. ފީވަކުން ޕޮޒިޓިވްވި މީހެކެވެ.

މި 7 ރަށުން ޖުމްލަ 20 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު އެޗްޕީއޭއިން ބުނީ މި މީހުންނަކީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލުން ބަލި ޖެހިފައިވާ ކަން އެނގިފައިވާ މީހުން ކަމަށެވެ.