ގައިދީންނަށް ފޮނުވާ އަންނައުނު ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށާއި، މިހާރު މެދު ކެނޑުމެން ނެތި ގައިދީންނަށް އަންނައުނު ފޮނުވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީންނަށް އާއިލާއިން އަންނައުނު ފޮނުވުން މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭ ޖަލުން ކުރަމުންދިޔަ މަސައްކަތް މިއަދުން ފެށިގެންވަނީ ހެޑުއޮފީހަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.
މިބަދަލަކީ މިވަގުތައް ޖަލަށް ޒިޔާރަތްކުރުން މަދުކުރުމަށް ގެނެވުނު ބަދަލެެއް ކަމަށާއި މިބަދަލާއި އެކު، މެދު ކެނޑުމެން ނެތި އާއިލާއިން ގައިދީންނަށް އަންނައުނު ފޮނުވޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓްވިޓުގައިވެއެވެ.
ގައިދީންނަށް އާއިލާއިން އަންނައުނު ފޮނުވުން މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގޮތުން މާލޭ ޖަލުން ކުރަމުންދިޔަ މަސައްކަތް މިއަދުން ފެށިގެންވަނީ ހެޑުއޮފީހަށް ބަދަލުކުރެވިފައި. މިބަދަލަކީ މިވަގުތައް ޖަލަށް ޒިޔާރަތްކުރުން މަދުކުރުމަށް ގެނެވުނު ބަދަލެެއް pic.twitter.com/YnQw57GyOD
— Ahmed Mohamed (@ahumadhumohamed) August 29, 2020
މިބަދަލު ގެނެސްފައިވާއިރު ހުޅުމާލެ ޖަލުން ވަނީ ގައިދީއަކާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެގެން ފުރާވާލެވެންދެން ބޭތިއްބިފައި ތިބި ފަސް ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އެ ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅުތައް އަޅާނެ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!