ޤާނޫނުތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ ބަޔަކަށް ބުނެވޭ ކުޑައިމީސް ބަހެއްނޫން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރަައީސް އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްއޫލިއްޔަތު އަދާކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

Ad
rt

ބިރުދެއްކުމާއި މައިން ބަފައިންނާއި ބެހުމާއި ބޭ އަދަބީ ބަސްތަކުން އިންޒާރު ދިނުމަކީ މަސްއޫލިއްޔަތު އަދާ ކުރުމުގައި ކުޑަކޮށްވެސް ފަހަތަށް ޖެހޭނެ ކަމެއް ނޫން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ޤާނޫނުތަކުގެ ތެރޭގައި ތިބުމަށް ބުނުމަކީ ބަޔަކަށް ބުނެވޭ ކުޑައިމީސް ބަހެއްނޫން، ރިވެތި އަޚްލާގް އިސްކުރަށްވާ"

އަކްރަމް ވިދާޅުވެފައި ވެއެވެ.

މި ހިނގާ އޯގަސްޓް މަހުގެ 29 ވަަނަަ ދުވަހު އަކްރަމް ވަނީ، ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތްތައް ނުބޭއްވުމަށް ހުރިހާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ އެންގުމާއި ހިލާފުވެފައިވާ ހުރިހާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކުރަމް މިއަދު ޓުވީޓު ކުރަށްވާފައި ވަނީ އޯގަސްޓް މަހުގެ 29 ވަަނަަ ދުވަހު ކުރެއްވި ޓުވީޓާއި ގުޅިގެން މީސް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން އިންޒާރުގެ މެސެޖުތައް ދެމުން އަންނާތީ ކަމަށް ބެލެވެއެވެ.