ހއ. ދިއްދޫއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކުރަން ފަށަން ހަމަޖެހިފައިވާކަމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ބުނެފިއެވެ.
ދިއްދޫ ކައުންސިލުން ކޮށްފައިވާ އިޢުލާން ގައި ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެދަށުން ދިއްދޫގައި އިމާރާތްކޮށްފައިވާ 250
ހައުސިންގ ޔުނިޓުގެ ތެރެއިން ދެވަނަ ބުރުގައި ދޫކޮށްފައިވާ 110 ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ، އެކައުންސިލަށް ވަނީ ލިބިފައިކަމަށެވެ.
ހައުސިން ޔުނިޓް ލިބިލެއްވި ފަރާތުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރާނަމަ
- ފައިސާ ޖަމާކުރާނެ ބީ.އެމް.އެލް އެކައުންޓުގެ ނަންބަރު އަދި ފައިސާ ޖަމާކުރާ އެކައުންޓުގެ ނަން
- ފައިސާ ޖަމާކުރާ އެކައުންޓުގެ ޑިޕޮސިޓް ސްލިޕްކޮޅަކާއި، ޕުލެޓް ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ
އެހެން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާނަމަ
- ފައިސާ ޖަމާކުރާނެ ބީ.އެމް.އެލް އެކައުންޓުގެ ނަންބަރު އަދި ފައިސާ ޖަމާކުރާ އެކައުންޓުގެ ނަން
- ފައިސާ ޖަމާކުރާ އެކައުންޓުގެ ޑިޕޮސިޓް ސްލިޕްކޮޅަކާއި، ފުލެޓް ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީ
- ފައިސާ ޖަމާކުރާ އެކައުންޓުގެ ވެރިފަރާތް އިއުތިރާޟު ނުކުރާކަމުގެ ސިޓީ އާއި އެފަރާތުގެ އައިޑީކާޑުގެ ކޮޕީ
110 ހައުސިންގ ޔުނިޓް ލިބިލެއްވި ބޭފުޅުން، އެ ބޭފުޅެއްގެ ހައުސިންގ ޔުނިޓުގެ މަރާމާތު ފައިސާ ޖަމާކުރާނެ އެކައުންޓުގެ މަޢުލޫމާތު ލިޔުމުން، 31 އޯގަސްޓް 2020 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް ދަންނަވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!