ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ހަށިކޮޅުގައި ހުޅުޖަހަން ފެންނަ ކަމަށްބުނެ ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ވާހަކަ ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
އެހެން ބުނެ އެމީހާ ވާހަކަ ދައްކާފައި ވަނީ ޗެނަލް13 އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ކިޔާ ޕްރޮގްރާމަކަށް ގުޅައިގެން ދެއްކި ވާހަކާގައި އެވެ.
އެމީހާ އެހެން ބުނެފައި ވަނީ މި ސަރުކާރުން އަމަލުކުރާ ގޮތާ ގުޅޭގޮތުން ޕްރޮގްރާމް ހުށަހަޅައިދޭން އިން ޕްރެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެ ސުވާލުގެ ޖަވާބުގައި އެމީހާ ދެއްކި ވާހަކާގައި ބުނެފައި ވަނީ ރައީސް ޞާލިޙްގެ ހަށިކޮޅުގައި މިހާރުން މިހާރަށް އަލިފާން ޖަހަން ފެންނަ ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް ވާހަކައަކީ އިބްރާހިމް މުހައްމަދު ޞާލިޙްގެ ގައިގައި އަލިފާން ޖަހަން،" އެމީހާ ބުންޏެވެ.
ލައިވްކޮށް "ބޮރޯޑްކާސްޓް" ކުރަމުންދިޔަ ޕްރޮގްރާމެއްގަ، ދައުލަތުގެ ވަލީޔުލްއަމްރު ހަށިކޮޅުގަ ރޯކޮށްލަން ގޮވުމަކީ ސީދާ ކަނޑައެޅިގެން "ޓެރަރިޒަމްގެ" އަމަލެއް. ހިފާހައްޔަރުކޮށް މައްސަލަބެލުން އަވަސްކުރަންޖެހޭ! @PoliceMv @MNDF_Official pic.twitter.com/kRQblz7k1Y
— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) September 4, 2020
ޗެނަލް13ގެ އެ ޕްރޮގްރާމުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެމީހާ ލައިވް ޓީވީގައި ދެއްކި ވާހަކަތައް ގިނަ ބަޔަކު އަންނަނީ ކުށްވެރިކޮށް، އެއީ ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލަކަށް ނުވާނެތޯ ވެސް ސުވާލު އުފައްދަމުންނެވެ.
RJ Ibrahim Mohamed Solih ge gaikolhuga alifaan jahan hivvaru dhey adu genes dhinun ves ok tho? Kobaahey terrorism Qaanoon @PoliceMv https://t.co/Kg4JdqlJWg
— Mariyam Zubair (@MandhyZubair) September 4, 2020
މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!