ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ) އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން 15 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ސީއެސްސީ އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުޞަތަށް 41 ބޭފުޅުންގެ ކުރިމަތި ލެއްވިއެވެ.
ސިވިލްސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމަށްފަހު، އެ ކޮމެޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 15 ބޭފުޅެއް ނަންވަނީ ތަޅުމަށް ފޮނުވަން ނިންމާފައެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ޢައްޔަން ކުރުމަށް ކޮމިޓީން ފާސްކޮށްފައިވާ 15 ބޭފުޅުން
- 1- މަރިޔަމް މުނާ / މ. ބާރަނާގެ، ކ.މާލެ
- 2- މުޙައްމަދު ޝަރީފް / ފުސަތުޅާގެ، ގދ.ތިނަދޫ
- 3- އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
- 4- މުނާ މުޙާއްމަދު / މ. ބަބުނަ، ކ.މާލެ
- 5- އަޖްވަދު ޢަލީ / ގ. ބްލޫ ވޭލް
- 6- މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް
- 7- ރިފާހަތު ފަރުޙަތު / ގ. ވެގާ2
- 8- ޝުހުދާ ރިޟްވާން / ފްލާވަރމީޑް، ސ.މީދު
- 9- މަރިޔަމް ޝެނީން / މއ. ފޮސީތިއާ
- 10- ޢާއިޝަތު ޝާހީން / މއ. ވިލާރޯދި
- 11- މުޙައްމަދު ނަޞީރު / މ.ފުންފިނި
- 12- ރަޝީދާ ޢަލީ / ގ. ޖަނަވަރީމާގެ
- 13- މުޙައްމަދު ނާޞިހް / ގ. ފަލްކަންގެ
- 14- އަޙްމަދު މޫސާ / ހ. އަމްސާވިލާ
- 15- ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
ކޮމެޓީއިން ތަޅުމަށް ފޮނުވަން 15 ބޭފުޅުންގެ ނަން ފާސްކޮށްފައިވާއިރު، އޭގެތެރޭގައި އެދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅުންނާއި، ތަޢުލީމީގޮތުން މަތީ ފާސްތަކާއި ތަޖުރިބާހުރި ބޭފުޅުން ހިމެނެއެވެ. މިއީ މިހާތަނަށް ކޮމިޓީން އެންމެ ބޭނުންވާގޮތަށް ކޮމިޝަނަކަށް މެމްބަރުންތަކެއް ކުމަތިލއްވި ފުރަތަމަ ފަހަރުކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީން 15 ނަމެއް ތަޅުމަށް ފޮނުވަން ފާސްކުރި ނަމަވެސް ކޮމިޓީން ތަރުތީބުކޮށްފައި ލިސްޓަށް ވޯޓަށް އެހުމުގެ ކުރިންވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ހުސްވެފައިވާ 4 މެމްބަރުންގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުޞަތު މަޖިލިސްއިން ހުޅުވާލީ ހުސްވި ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!