މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިވަން މުއައްސަސާތަކުގެ ކޮމެޓީ

6 Stories filed
ނޫސްވެރިން އިހުތިޖާޖުގައި، ހަންނާނުގެ ބިލު ކޮމިޓީން ފާސްކޮށްފި
Raajje

ނޫސްވެރިން އިހުތިޖާޖުގައި، ހަންނާނުގެ ބިލު ކޮމިޓީން ފާސްކޮށްފި

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ކޮމެޓީން މި ބިލު ފާސްކުރީ، މި ބިލު ހުށަހެޅީއްސުރެ ކަންބޮޑުވުން ފާޅުކުރަމުންދާ ނޫސްވެރިންގެ ތެރެއިން ނޫސްވެރިންތަކެއް އިހުތިޖާޖުގައި ތިއްބައެވެ. އަދި އެމީހުންނާއެކު ބައެއް އާންމުން ވެސް އިހުތިޖާޖުކުރަމުން ދަނިކޮށެވެ. މި ބިލުގެ މަސައްކަތް ނިންމަންހިފައި، ކޮމެޓީން ވ...

މުހައްމާ އަށް ބްރޯޑްކޮމް މެންބަރުކަމުގެ އުންމީދު ހަނިވެއްޖެ
Raajje

މުހައްމާ އަށް ބްރޯޑްކޮމް މެންބަރުކަމުގެ އުންމީދު ހަނިވެއްޖެ

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ނިންމުމާއެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުކަމުގެ ޖާގައެއް ލިބުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އޮތް ފުރުސަތު ހަނިވެއްޖެއެވެ. ބްރޯޑްކޮމްގެ ދެ މެންބަރެއްގެ ދައުރު މި މަސް ތެރޭޭގައި ހަމަވުމުން އެ ދެ މަގާމަށް މެންބަރުން ހޯދަން ރައީސް އޮފީހުން ކުރި އިއުލާނަށް ޝަރުތު ހަމަވާ 12 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންގެ ނަންތައް ރައީސް، މަޖިލީހަށް ފޮނުއްވާފައިވާއިރު އެންމެ އިސް...

އޭސީސީ އާއި އީސީގެ މެމްބަރުން ތަކެއް ވަކިކުރަން ކޮމެޓީން ފާސްކޮށްފި
Parliament

އޭސީސީ އާއި އީސީގެ މެމްބަރުން ތަކެއް ވަކިކުރަން ކޮމެޓީން ފާސްކޮށްފި

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ)ގެ ހަތަރު މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދާއި، އީސީގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފާއި، ޑރ. މުޙައްމަދު ޒާހިރުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަޙްމަދު ނާސިޙް ގެ މައްސަލައެވެ. މިނިވަން މު...

ކޮމެޓީގެ ނިންމުމަކީ ރޯދައިގެ ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުން
Parliament

ކޮމެޓީގެ ނިންމުމަކީ ރޯދައިގެ ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 އަންނަ ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މިގޮތައް ނިންމަވާފައިވަނީ މިއަދު ބޭއްވި އެ ކޮމެޓީގެ 24 ވަނަ ބައްދަލުވުމުގައެވެ. އަންނަ 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބު އަންނަ ރޯދަ މަހުގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިފައެވެ. މިގޮތައް އީސީން އެދުނީ 2024 ވަނަ އަހަރު ބޭއްވުމަށް […]

ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން
Raajje

ކޮމިޓީން ފާސްކުރީ އަކްރަމް ވަކިކުރަން

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ. އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން...

ސީއެސްސީއަށް މެމްބަރުން އައްޔަނުކުރަން 15 ނަމެއް
Raajje

ސީއެސްސީއަށް މެމްބަރުން އައްޔަނުކުރަން 15 ނަމެއް

ސިވިލް ސަރވިސް ކޮމިޝަނު (ސީއެސްސީ) އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން 15 ބޭފުޅެއްގެ ނަން ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ. ސީއެސްސީ އިން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކުރިމަތިލުމަށް މަޖިލީހުން ހުޅުވާލި ފުރުޞަތަށް 41 ބޭފުޅުންގެ ކުރިމަތި ލެއްވިއެވެ. ސިވިލްސަރވިސް ކޮމިޝަނަށް ކުރިމަތި ލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމަށްފަހު...