ކޯވިޑް-19 އާއި ގުޅިގެން މުނިފޫހިފިލުވުމަށްދާ ގިނަ ތަންތަން ވަނީ ބަންދުކުރެވިފައެވެ. ޕާކުތަކާއި، ސިނަމާތަކާއި ކުޅިވަރުކުޅޭ ބައެއް ތަންތަން ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް ޓޯކިއޯގައި ތައްޔާރުކޮށްފައިވާ "ޑްރައިވް-އިން ހޯންޓަަޑް ހައުސް" މިއީ ތަފާތު ތަޖުރިބާއެކެވެ.
ސޯޝަލް ޑިސްޓެންސިންގ އަދި ކޯވިޑް-19 އިން ރައްކާތެރިވެވޭ ގޮތަށް ޖަާޕާނުން ތައްޔާރު ކޮށްފައިވާ މި ނާމާން ގަރާޖު މިއީ މަޖާ އަދި ބިރުވެރި ތަޖުރިބާއެކެވެ.
ޖަޕާނުގައި ތަފާތު ނާމާން ބިރުވެރި އިވެންޓުތައް އިންތިޒާމްކުރާ ކުންފުންޏެއް ކަމުގައިވާ "ކޮވަގަރަސެޓައި" އިން ބުނެފައި ވަނީ މިއީ މި ކޮންސެޕްޓްގެ ފުރަތަމަ ތަންކަމަށެވެ.

ވައިރަސް ފެތުރެމުންދާތީ ބިރުވެރި ހޮހޮޅަ އަދި ނާމަންކަން ދައްކުވައިދޭ ގެތައް އޮޕަރޭޓްކުރުން ހުއްޓުމަކަށް އައުމާއެކު މިކަންކުރުމަށް އިތުރުގޮތެއް ހޯދީ ކަމަށް ކުންފުނީގެ ވެރިޔާ ކެންޓާއިވާނާ ވަނީ ބުނެފައެވެ. ނަމަވެސް "ޑްރައިވް-ތްރޫ" ގެ ޚިދުމަތް އަލުން ފެށޭނެކަން އެނގުމުން ބިރުވެރި ހޮހޮޅާއިގެ ކޮންސެޕްޓު މުޅިން ތަަފާތު ކޮށްލަން ނިންމީ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިކަން ތަޖުރިބާ ކޮށްލާ ފަރާތްތަކަށް އެކުންފުނިން ވަނީ ޓޯކިއޯގެ ބޭނުން ނުކުރާ ގަރާޖު ސަރަހައްދެއް ތައްޔާރުކޮށްފައެވެ. މިތަޖުރިބާގައި ބައިވެރިވާ ފަރާތްތަކަށް ފެނިގެންދާނީ ޒޮމްބީ ހަމަލާއެއްގައި ކާރެއްގައި ތާށިވެގެން އުޅެންޖެހޭ ގޮތެވެ.

އަމިއްލަ ކާރެއްގައި ބައިވެރިވާނަމަ ދައްކަންޖެހެނީ 75 ޑޮލަރެވެ. އަދި ކުންފުނިން ކާރެއް ހަމަޖައްސާނަމަ 85 ޑޮލަރެވެ. މިތަޖުރިބާގައި ބައިވެރިވެލަން ކާރުދުއްވާ ލައިސަންސް އޮތުން މަޖުބޫރެއްނޫނެނެވެ. ކާރު އެތާގައި ޕާކުކޮށްފައި އޮންނައިރު ތަފާތު އެކި ސިފައިގައި ތިބޭ ޒޮމްބީ ކާރަށް ހަމަލާ ދެމުން ގެންދާނެއެވެ. އަދި ކުޑަދޮރުތަކުގައި ލޭއުނގުޅާ، ތަފާތު ބިރުވެރި އަޑުތައް އެތަނުން އިވެމުންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!