މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ(މީރާ)ގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށް ޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމެވުމަށް އެ މައްސަލަ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް މިއަދު ފޮނުވައި އެވެ.

އެނަންތައް ދިރާސާކުރަން މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީއަށް ފޮނުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި އެވެ.

Ad
rt

މީރާގެ ބޯޑުން މެމްބަރެއްގެ މަޤާމު ހުސްވުމުގެ އިތުރުން، އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު 8 އޮގަސްޓު 2020ގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

މީރާގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށާއި، އަދި އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު 8 އޮގަސްޓު 2020ގެ ނިޔަލަށް ހަމަވެފައިވާތީ، އެ މަޤާމުތަކަށް ބޭފުޅުން ޢައްޔަންކުރެއްވުމަށް ޓަކައި، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު)ގެ 4 ވަނަ މާއްދާގެ (ބ)ގެ ދެވަނަ ނަންބަރުގައިވާ ގޮތުގެ މަތީން، އާންމުކޮށް އިޢުލާނުކުރުމުން އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން، އެ މަޤާމުތަކަށް ޝަރުތު ހަމަވާ ބޭފުޅުންގެ ނަންފުޅާއި އެ ބޭފުޅުންގެ ބޭފުޅުންގެ މަޢުލޫމާތު އެ މަޤާމުތަކަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދޭ ތަރުތީބުން ފޮނުއްވާފައިވާ ނަންފުޅުތައް:

  • އަލްފާޟިލް މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު، ހދ. ހަނިމާދޫ
  • އަލްފާޟިލާ ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ. ނީލްވިލާ
  • އަލްފާޟިލް ހުޝާމް، ވަޙީދު، މާލެހިޔާ-3،2-15
  • އަލްފާޟިލް ޢަލީ އިރުފާން، ޑޭލައިޓްވިލާ، މަރަދޫފޭދޫ
  • އަލްފާޟިލް އިސްމާޢީލް ސާޖިދު، މއ. ވިލާރޮދި
  • އަލްފާޟިލާ ޢާއިޝަތު އަޝާ ޢަލީ، ހ.އީސްޓްވޯޑް
  • އަލްފާޟިލާ ދަހާ ޝުޢައިބު، ހ. ކެރީބިއަން
  • އަލްފޟިލް އިދުރީސް އިސްމާޢީލް، އަނީސާމަންޒިލް، މ.ދިއްގަރު

މީރާ ބޯޑަށް މެމްބަރުން އައްޔަނު ކުރުމުގެ މައްސަލައިގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރުން ޢައްޔަންކުރެއްވުމުގެ މައްސަލަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި އެވެ.