ފުޓްބޯޅައިގެ ހުނަރުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ޑޭވިޑް ބެކަމް، އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދުމަށް ސްޓްރީމިން ހިދުމަތްދޭ ނެޓްފްލިކްސް އަދި އެމޭޒަން އާއި ވާހަކަ ދައްކަމުން ދާކަމަށް ރިޕޯރޓްކޮށްފިއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ޑޭވިޑް ބެކަމްގެ ސްޓޫޑިއޯ 99 އިން ވަނީ މީގެކުރިން ބާސްކެޓްކުޅުންތެރިއާ މައިކަލް ޖޯރޑަންގެ ހަޔާތުގެ މައްޗަށް "ދަ ލާސްޓް ޑާންސް"ގެ ނަމުގައި މިދިޔަ އަހަރު ފިލްމެއް އުފައްދާފައެވެ.

Ad
rt

ބައެއް ނޫސްތަކުގައި ރިޕޯރޓް ކޯށްފައިވާ ގޮތުން ބެކަމްގެ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރުކުރުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. އިންސައިޑަރ ގައި ރިޕޯރޓްކޮށްފައިވާ ގޮތުން މިފިލްމުގައި ބޮޑަށް ފެނިގެންދާނީ ފުޓްބޯޅަ ކުޅެން ފެށުމަށްފަހު އޭނާގެ ދިރިއުޅުން ހުރިގޮތެވެ. ހާއްސަކޮށް މައާމީ ގައި ޓީމް އުފެއްދިގޮތާއި، ބައެއް އަމިއްލަ ކަންކަމުގެ ވީޑިއޯއާއި މީގެކުރިން މީހުންނަށް ފެނިފައިނުވާ ބެކަމްގެ ބައެއް ވީޑިއޯތަކެވެ.

4 ކުދިންގެ ބައްޕަ އަދި މައްޝޫރު ލަވަކިއުންތެރިއާ އަދި ފެޝަންޑިޒައިނަރ ވިކްޓޯރިއާ ބެކަމްގެ ފިރިމީހާ މިހާރު ވަނީ މިފިލްމް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެމޭޒަން އަދި ނެޓްފްލިކްސްއާއި އެކު ބައްދަލުވުންތައް ކުރިއަށްގެންދަން ފަށާފައެވެ.