ހުތް ފޮނި އަނގަޔަށް މީރު ކިވީ ފުރުޓަކީ ހަށިގަނޑަށް ފައިދާ ހުރި ވަރަށް ގިނަ ބާވަތްތައް އެކުލެވިގެންވާ ފުރެޓެކެވެ. ތޮއްޓާ އެއްކޮށް ކިވީ ފުރުޓް ބޭނުންކުރާނަމަ އަދި މާ ފައިދާ ބޮޑެވެ. ނޫންނަމަ ތޮށި މަށައިގެން ނުވަތަ ހުރިގޮތަށް ސަމްސަލަކުން ކަހާލައިގެންވެސް ކިވީ ބޭނުން ކުރެވޭނެއެވެ.

ކިވީއަކީ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން މުހިންމު ފުރުޓްތަކުގެ ތެރޭގައި ހިމެނޭ ފުރުޓެކެވެ. އެކަން ކަށަވަރު ވެގެން ދަނީ ކިވީއިން ހަށިގަނޑަށް ލިއްބައިދޭ ގިނަ ފައިދާ ތައް ހުރުމުންނެވެ.

Ad
rt

1- ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަކޮށްދޭ

ކިވީގައި ވިޓަމިން ސީ ވަރަށް ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ. އެހެންކަމުން އެންމެ ކިވީ އަކުންވެސް 1 ދުވަހަށް ހަށިގަނޑަށް ބޭނުންވާ ވިޓަމިންސީ ލިއްބައިދެއެވެ. ރިސަރޗަކުން ދެއްކިގޮތުގައި ތަފާތު ބަލިތަކުން ރައްކާތެރި ވުމަށް ކިވީ އެހީވެދެއެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ދިފާއީ ނިޒާމް ވަރުގަދަ ކުރަން ކިވީ ކެވިދާނެއެވެ. ކިވީއަކީ ވިޓަމިން އީ ގިނައިން އެކުލެވިގެންވާ ފުރުޓެއްކަމުން ހަށިގަނޑުގައި ގިނައިން "އިމިއުނޯގްލޯބިން" އުފައްދައިދެއެވެ. އިމިއުނޯގްލޯބިން އަކީ ހަށިގަނޑު ތަފާޓު ނުރައްކާތެރި ޖަރާސީމާ ވައިރަސް އަދި ބެކްޓީރިއާ ނައްތާލުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

2- ހަންގަނޑަށް ރޫޖެހުން މަދުކޮށްދޭ

ހަނގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަށް ވެސް ކިވީގައި ހުންނަ ވިޓަމިން ސީ އެހީތެރިވެދެއެވެ. ހަނގަނޑު ރީތިކޮށް ބެހެއްޓުމަށް ހަމުގައި " ކޮލާޖެން " އިތުރުކޮށް ދެނީ ވިޓަމިން ސީގެ އެހީގައެވެ. އެހެންކަމުން ހަންގަނޑު ހިކުމުގެ މައްސަލަތަކާއި ރޫޖެހުމާއި ދުރު ކޮށްދީ ހަންގަނޑު ތާޒާ ކަންމަތީ ބަހައްޓަން ކިވީ އެހީތެރިވެއެވެ. އަދި ކިވީގައި އެކުލެވޭ " އެންޓިއޮކްސިޑެންޓްސް" ގެ އެހީގައި ލޯކައިރި ފުއްޕާފައި ހުރުމާއި ކަޅުވުމުން ދުރުހެލި ކުރުވައެވެ.

3- ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ

ކިވީ ގައި ގިނަ ޢަދަދަކަށް "ކެރަޓެނޮއިޑްސް" ކަމުގައިވާ " ޒީއަޒެންތިން" އަދި "ލޫޓީން" އެކުލެވިގެންވެއެވެ. އިންސާނާ ދުވަސްވާ ވަރަކަށް ލޮލުގެ ފެނުމަށް ބަދަލުއައިސް ލޯ ބަލިވެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ކިވީ ބޭނުން ކުރާނަމަ ހަށިގަނޑުން މަދުވާ ކެރަޓެނޮއިޑްސް އިތުރުވުމުން މިފަދަ މައްސަލަތައް %36 ދައް ކުރުވައެވެ.

4- ނޭވާހިއްލުމުގެ ބަލި ލުއިކޮށްދޭ

ނޭވާއަށް ހިއްލާ މީހުނަށް ކިވީގައި އެކުލެވިގެންވާ ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސް ގެ ޒަރިއްޔާއިން އެމީހުންގެ މޭ ސާފު ކޮށްދެއެވެ. އެެހެންކަމުން ކިވީއިން ނޭވާއަށް ހިއްލުމުން ލުއިތަކެއް ލިބިގެންދެއެވެ.

5- ހަލާކުވާ ތަންތަން އަވަހަށް ފަސޭހަކޮށްދޭ

ސަރޖަރީތަކާއި އެހެނިހެން ހަލާކުވާ ތަންތަން ހަށިގަނޑުގައި ހުންނަ ނަމަ އެތަންތަން އަވަހަށް ފަސޭހަ ކޮށްދިނުމަށް ކިވީގައި ހުންނަ ވިޓަމިން ސީ އަދި އެންޓިއޮކްސިޑެންޓްސް އިން އެހީވެދެއެވެ. އަދި ހަށިގަނޑަށް ގެއްލުންދޭ ތަފާތު އެކި ނުރަައްކާތެރި މާއްދާތަކުން ހަށިގަނޑު ސާފު ކުރުމަސް އެހީވެދެއެވެ.