އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

ihavandhoo

ހއ. އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިކަން "ތިލަދުން" އަށް ޔަގީންކޮށްދީފައެވެ. ރަޝީދު އިތުރަށް ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަންމުން އަންނަކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޮޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ. އެމީހާ އަކީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް އެރަށު ކައުންސިލުން މަޢުލޫމާތުދެއެވެ.

ކަރަންޓީނުގައި ހުރި މީހަކު ފިލާފައިވާއިރު އެރަށުން ވަނީ3 މީހަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު އިހަވަންދޫ އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *