އެމްޕީ ނާޒިމް ދާއިރާއަށް 14،000 މާސްކު ހަދިޔާ ކުރަށްވައިފި

received_2687200984884322

ކޯވިޑް-19 އާއި ގުޅިގެން ދާއިރާގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަދިޔާ ކުރައްވައިފިއެވެ.

ނާޒިމް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތުން ބޭނުން ކުރުމަށް 14،000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ.

ކޯވިޑާއި ގުޅިގެން ނާޒިމްގެ ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވިއިރު، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ވަނީ ބޮޑު ތަނުން އިތުރުވެ އަތޮޅު ތަކުގެ ރަށް ތަކުން ވެސް ކޯވިޑް ބަލި ފެންނަން ފަށާފައެވެ.

މި ގޮތުން ގްރޭޓަރ މާލެ ފިޔަވައި، މިހާރުވެސް އަތޮޅު ތެރޭގެ 10 ރަށަކުން މިބަލި ވަނީ އަލަށް ފެނިފައެވެ.

ޑިފެންސް މިނިސްޓަރުކަން ވެސް ކުރަށްވާފައިވާ ކާނަލް ނާޒިމް ކުރިން ވަނީ ކޯވިޑާއި ގުޅިގެން ޖޫން 7 ވަނަ ދުވަހު، ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކޮށްފަ އެވެ.

މީގެ އިތުރުން ނާޒިމް ވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ މެލޭޝިޔާގެ ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުން ރާއްޖެއަށް ޖޫން 4 ވަނަ ދުވަހު 1،000 ޕީޕީއީ ކިޓު އަދި މޭމަހުގެ ތެރޭ ލިމްބާގުން ވަނީ ނާޒިމް މެދުވެރި ކުރަށްވައި ރާއްޖެ އަށް 60،000 ފޭސް މާސްކު ހަދިޔާކޮށްފަ އެވެ.

ނާޒިމް ގެންދަވަނީ ނާޒިމްގެ، ނާޒިމްއަފާ ފައުންޑޭޝަނުން މެދުވެެރި ކުރަށްވައި، ދަނގެތީ ދާއިރާގެ ކޮންމެ ގޭބީސީއަކަށް ކޮންމެ ރޯދަމަހަކު ރޯދަ ހަދިޔާ ފޮނުއް ވަމުންނެވެ. އަދި މިނޫން ވެސް އެހީތެރިކަން ނާޒިމް އަންނަނީ ދާއިރާއަށް ފޯރު ވަމުންނެވެ.

ނާޒިމްވަނީ ދާއިރާގެ ރައްޔިތުންނާއި ވީހާވެސް ކައިރިން މަސައްކަތް ކުރުމަށް ދާއިރާގެ މެމްބަރުގެ އޮފީހެއްވެސް ހުޅުމާލޭގައި ގާއިމު ކުރަށްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި