ތިލަދުންމަތީގެ 4 ރަށެއް މޮނީޓަރިންގެ ހާލަތަށް ހެލްތު ޕޮރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ގެނެސްފި އެވެ.
އެޗްޕީއޭއިން މޮނިޓަރިންގއަށް ލާފައިވާކަން އަންގާލިޔުން ފޮނުވާފައިވާ ރަށްރަށަކީ ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރެވެ.
އެޗްޕީއޭއިން އެރަށްތަކަށް ފޮނުވާފައިވާ ލިއުމުގައި ބުނެފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރަން ކައުންސިލްތަކަށް އަންގާކަމަށެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާހައިރަސް (ކޯވިޑް19) އިން ރައްކާތެރިކުރުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012)" ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިންކަމަށެވެ.
މިރަށްރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހއ. ކެލަ އިން އިތުރު ނުވަ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ޕޮޒިޓިވްވެފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް ދަތުރު ކުރި ސަވާރީ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ގައި މަސައްކަތްކުރާ އަށް ފަޅުވެރިންނާއި އެ ބޯޓުގައި ދަތުރުކުރި ލަންކާ ފިރިހެނެކެވެ.
ކެލާގެ އިތުރުން އެ އަތޮޅު ދިއްދޫ އާއި ހދ. ނޮޅިވަރަންފަރަށް ވެސް އެ ބޯޓު މިދިޔަ އާދިއްތަ ދުވަހު ދަތުރުކޮށްފައިވެ އެވެ. އެހެންވެ އެ ބޯޓު ދަތުރުކުރި ހުރިހާ ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރާނެ ކަމަށް ހެލްތު އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!