އާންމު ތަންތަނުގައި މާސްކު ނާޅާ ފަރާތްތައް 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
މިރޭކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީ ގެ ސްޕޯކްސް ޕާރސަން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ އާންމު ތަންތަނުގައި މާސްކު އަޅައިގެން އާންމުން އުޅޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިރެއިން ފެށިގެން ކުރާނެ ކަމަށެވެ.
ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަމުންދާނެ
ޑރ.ނަޒްލާ ރަފީގު ވިދާޅުވިއެވެ.
އާންމު ތަންތަނުގައި މާސްކު އެޅުން މަޖޫބުރު ކުރަން ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ ކޯވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގައެވެ.
މާސްކު އެޅުން މަޖޫބުރުކޮށްފައިމިވަނީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިއަދު އެކަނިވެސް 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 89 މީހުންނަކީ ދިވެހިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!