ރާއްޖޭގެ އަތޮޅު ތަކުން އަލަށް ޕޮޒިޓިވް ވި 10 މީހުންނާއި އެކު، މިއަދު ރާއްޖެއިން ޖުމްލަ 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހީންނާއި، 54 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ ހަތަރު މީހެކެވެ.
މިއީ ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން އެއް ދުވަހާ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 3،719 އަށް އަރައިފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 6 ބިދޭސީންނެވެ.
ކުރިއަށް އޮތް އޯގަސްޓް މަހު ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ދުވާލަކު 170 އަށް އަރާނެ ކަމަށް އެޗްޕީއޭގެ ދިރާސާއިން ދައްކާފައި ވާ ކަންވެސް މިރޭ އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!