•  
  •  
  •  
  •  
  •  
  •  
  •  

ކޯވިޑް-19 ގެ ސަބަބުން ހުރިހާ ރައްޔިތުން އެތައް ގެއްލުމެއް ތަހައްމަލް ކޮށްފައި ވާކަމަށާއި، ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދިނުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ގޮވާލަށް ވައިފިއެވެ.

ނައިބު ރައީސް ފައިޞަލް މިމޭރުމުން އިލްތިމާސް ކުރެއްވީ ކުރަށްވާ ފައިވާ ޓުވީޓެއްގައި އެވެ.

ނައިބު ރައީސް ވިދާޅުވީ ޖަމާޢަތުގައި ނަމާދު ނުކުރެވި، ސްކޫލްތަށް ބަންދުވެ، ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން ހުރިހާ ރައްޔިތުން ވަނީ ތަޙައްމަލް ކޮށްފައި ކަމަށެވެ.

އެހެންކަމުން ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދެއްވައި، ކޯވިޑް-19ގެ ވަބާއިން ސަލާމަތް ވުމަށް އެންމެން އެކީގައި މަސައްކަތް ކުރަމަށް ނައިބު ރައީސް ވަނީ ގޮވާލަށް ވާފައެވެ.

“ޖަމާޢަތުގައި ނަމާދު ނުކުރެވި، ސްކޫލްތަށް ބަންދުވެ، ވިޔަފާރިތައް ހުއްޓި، އެންމެން ގޭގައި ބަންދުވުމުގެ ގެއްލުން ހުރިހާ ރައްޔިތުން ވަނީ ތަޙައްމަލް ކޮށްފައި، ޙާލަތު އިތުރަށް ގޯސްވުމަށް ފުރުޞަތު ނުދެއްވާ، ކޯވިޑް-19ގެ ވަބާއިން ސަލާމަތް ވުމަށް އެންމެން އެކީގައި މަސައްކަތް ކުރަމާ”

ނައިބު ރައީސް ފައިޞަލް ނަސީމް

ނައިބު ރައީސް މިމޭރުމުން ވިދާޅުވިއިރު، ފަހަކަށް އައިސް ރާއްޖޭގައި ގިނަ ބަޔަކު އަންނަނީ ކޯވިޑަށް ޕޮޒިޓިވް ވަމުންނެވެ. ޚާއްޞަކޮށް ދިވެހިން ޕޮޒިޓިވްވާ ޢަދަދު ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އާއްމު ހާލަތަކަށް އެދޭ ނަމަ މާސްކް އެޅުމާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމާއި ބައްދަލުވުންތައް މަދުކުކޮށް، ކޮންމެހެން ނުކުންނަން ޖެހޭ ހާލަތެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އެދޭކަމަށެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު މިހެން އޮތް ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ “އެންމެން ގުޅިގެން” ނަމުގައި މާލޭ ގައި މުޒާހަރާތަކެއް ފަށާފައި އެވެ.

ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ މީހުންގެ އަދަދަަކީ، 3506 އެވެ. އޭގެ ތެރެއިން މިވަގުތު ފަރުވާ ދެމުން ދަނީ 929 މީހުންނަށެވެ. އެއާއެކު ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ ޖުމަލް 2547 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު ނިޔާވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 9 ދިވެހިންނާއި 6 ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް މިބައްޔަށް ޓެސްޓް ކުރުމަށް 75،550 ސާމްޕަލެއް ނަގާފައިވާއިރު، އައިސޮލޭޝަން ގައި 580 މީހުން ތިބި އިރު، ކަރަންޓީނު ފެސިލިޓީގައި މިވަގުތު މީހަކު ނެތެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ