އުތުރުގެ ރަށެއްގައި އިންޑިޔާ މީހުން އާބާދުކުރަނީކަމަށް ދައްކާ ވާހަކަ އަކީ ބުހުތާނު ދޮގެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

"އުތުރުގެ ރަށެއްގައި އިންޑިއާ މީހުން އާބާދު ކުރަނީ؟!" މިސުރުހީގެ ދަށުން ގެނެސްދީފައިވާ ހަބަރެއް ހިއްސާ ކުރައްވާ ހޫދު ބުނެފައިވަނީ އެއީ "ރޯ ބުހުތާނު ދޮގު" ކަމަށެވެ.

Ad
rt

ރާއްޖޭގެ އެއްވެސް ސަރަޙަދެއްގައި ބޭރު މީހުން އާބާދުކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅެފަ އެއް ނޯނާނެ. އެއީ ދުވަހަކު ކުރާނެ ކަމެއް ވެސް ނޫން.

މިއަދު ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.

މިސުރުހީގެ ދަށުން ރިޕޯޓެއް ގެނެސްދީފައިވަނީ "ދިޔަރެސް" ނޫހުންނެވެ. ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު "ދިިޔަރެސް" އަށް ލިބިފައިވާކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.

"ދިޔަރެސް" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން ދިވެހިރާއްޖެއަށް ހުށަހަޅާފައިވަނީ ދައްޕަރުގައި ވިލާތަކެއް އެޅުމަށްފަހު އެތަންތަން މިލްކުކުރެވޭ ގޮތަށް ނޫނީ ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަށެވެ. އަދި އެގޮތަށް ދޫކުރާ ފަރާތްތަކަށް ރާއްޖެއިން ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅާފައިވެއެވެ. އެތަންތަނުގެ މިލްކުވެރިންނަށް، އެމީހުންގެ އާއިލާ އަދި ރަށްޓެހިންވެސް އެތަންތަނަށް ގެނެވޭނެފަދަ ގޮތަކަށް ޤާނޫނުތަކަށް ބަދަލު ގެނައުމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ދިޔަރެސްގައި ރިޕޯޓްކޮށްފައި ވެއެވެ.

ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެ ރަށާއި ގުޅިފައި އޮންނަ ބޮޑު ފަޅުރަށެކެވެ.