ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވައިފި އެވެ،

އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ހެލްތު ސެންޓަރގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވީ ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސީނިއާ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމަހުގެ 18 އަދި 19 ވަނަދުވަހު މިނިސްޓްރީ އޮފް ހެލްތް އަދި އައިޖީއެމްއެޗްގެ ޓީމެއް އާމިނާ ދިޔޯ ހެލްތު ސެންޓަރ އަށް ޒިޔާރަތްކޮށް، އެމަރުކަޒުގައި ޤާއިމްކޮށްފައިވާ އައިސީޔޫ ފެސިލިޓީ ވަނީ އިންސްޕެކްޓްކޮށްފައެވެ. އަދި އެޓީމުންވަނީ އެމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކޮށް ކަމާއިގުޅުންހުރި ބައެއް ތަމްރީންތައް ދީފައިކަމަށް އެމަރުކަންޒުން ހާމަކުރެއެވެ.

އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި ޒޯންތަކަށް ބަހާލައިގެން ޤާއިމުކޮށްފައިވާ ފެސިލިޓީތަކުގެ ތެރެއިން، ލ.ގަމު ފެސިލިޓީ ޚާއްސަކޮށްފައިވަނީ މ،ފ،ދ،ތ،ލ އަތޮޅުގެ ރަށްތަކެށެވެ. ގއ، ގދ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ. ނ،ރ،ބ،ޅ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމުކޮށްފައި ވަނީ ބ.އޭދަފުށީގަ އެވެ. ހއ،ހދ،ށ ގެ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ ށ. ފުނަދޫގައެވެ. އަދި ޏ،ސ ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ޤާއިމްކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ.

މީގެއިތުރުން އައްޑޫ އާއި ފުވައްމުލަކު ސިޓީ ގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ވެސް މިރޭ ވަނީ ހުޅުވާފައެވެ. ލ. ގަމާއި ގއ. ވިލިނގިލީގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ މިމަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުވާފައެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ބ. އޭދަފުށި، އަދި ށ. ފޮނަދޫގައި ޤާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ވެސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

މ ފެސިލިޓީސްތަކުގައި މަދުވެގެން 20 އެނދުގެ އައިސީޔޫ އަކާއި 30 އައިސޮލޭޝަން އެނދު ހުންނާނެއެވެ. އަދި މި ތަންތަނުން ކޮވިޑް ޓެސްޓް ހެދުމާއި، ބަލީގައި ޙާލުބޮޑުވާ މީހުންނަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެވޭނެ ވަސީލަތްތައް ވަނީ ޤާއިމުކުރެވިފައެވެ.