ތިލަފުށި އުތުރު ނެރު ކައިރި ފަރަށް ދޯންޏެއް އަރައިގެން އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށި އުތުރު ނެރު ކައިރި ފަރަށް އަރާފައި ވަނީ ބ. އަތޮޅުން، ކ. ތިލަފުށްޓަށް ދަތުރުކުރި "ނޫމަސް" ދޯނި ކަމަށެވެ.

Ad
rt

އެ ދޯނީގައި 3 މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީއެކެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެންދުނު 05:46 ހާއިރު ކަމަށާއި، އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ޑިވަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް މޫސުން ގޯސް ދުވަސް ވަރެކެވެ. ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ ކަނޑުމަތީގެ ބައެއް ހާދިސާތައްވެސް މިހަފްތާއާއި، މިދިޔަ ހަފްތާގައި ވަނީ ހިނގާފައެވެ.