ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގެ އިސްވެރިންނާއި ބައްދަލު ކުރައްވައި، އެ ކުންފުނިން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢު ތަކާއި، މަސައްކަތް ތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު އެމްޓީސީސީގައި އޮތް އެ ބައްދަލު ވުމުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަގެ މިނިސްޓަރ މުޙައްމަދު އަސްލަމްވެސް ބައިވެރިވެ ވަޑައިގަތެވެ.

Ad
rt

‏އެމްޓީސީސީއިން ބުނީ މިއަދު ބޭއްވުނު މި ބައްދަލުވުމުގައި އެމްޓީސީސީގެ އިސްވެރިންވަނީ ފުވައްމުލައް ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުއާއި، ހދ. ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫޢު ބެހޭ މަޢުލޫމާތު ނައިބް ރައީސާއި ހިއްސާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން މިބައްދަލު ކުރުމުގައި އެމްޓީސީސީގެ އިސްވެރިންވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެންދާ މަޝްރޫޢު ތަކާއޮބެހޭ މަޢުލޫމާތު ނައިބު ރައީސާއި ހިއްސާ ކުރަށްވާފައި ކަމަށްވެސް އެމްޓީސީސީއިން ބުންޏެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ސަރުކާރުގެ ކުން ފުންޏެވެ. މިގޮތުން ރަށް ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ތަކާއި، އަލަށް ބަނދަރު ހެދުމާއި، ބަނދަރުތައް އިތުރަށް ތަރައްޤީ ކުރުމާއި، މަގުތައް ހެދުމުގެ މަސައްކަތާއި، އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ފަދަ އެތައް މަޝްރޫޢެއް އެ ކުން ފުނިން ދަނީ ހިންގަމުންނެވެ.