ކަރަންޓީންކޮށްފައި ތިއްބާ ފިލައިގެން އުޅޭ ބަންގްލަދޭޝް ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ މިމީހުންނަކީ ފުރަބަންދާ ގުޅިގެން އެކި އެކި ކަރަންޓީން ފެސިލިޓީ ތަކުގައި ބައިތިއްބާފައި ތިއްބާ ފިލާފައިވާބަޔެއް ކަމަށެވެ. އަދި މިމީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންއަންނަ ފަރާތްތަކެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Ad
rt

ފުލުހުން ބުނީ އެމީހުން ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ،

މުޙައްމަދު ސިރާޖު މިއާ، ޓަންގައިލް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0132260)،

އަލާމީން، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BK0321483)،

އެމް.ޑީ ސައިފުލް، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BA0787835)،

މުޙައްމަދު ފަޒުލުލް ހައްޤު، ކޮމިއްލާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0592060)،

މުޙައްމަދު މުނީރު ހުސައިން، ޗަންދުޕޫރު، ބަނގްލަދެޝް (ޕާސްޕޯޓް ނަންބަރު: BF0429254)،

މުޙައްމަދު ގައްފާރު ބޭޕަރީ، ބަރަހަމަންބަރިއާ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: AE1683822)،

މުޙައްމަދު ޕަރުވޭޒް، ޓަންގައިލް، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BB0126779)،

ބިލާލް ހާން، ގާޒީޕޫރު، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: B0279141)، އެވެ.

މި މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށްވަނީ އެދިފައެވެ.

މީގެ އިތުރުން އިއްޔެގެ ވަގުތެއްގައި ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހެއް ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައެވެ.