ކުޑަކުދިންނަށް ހާއްސަ އުނދޯއްޔާއި އެކުދީން ކުޅޭނެ ޓެންޓާއި ބޮލުގައިޖަހާ ދައްޗާއި އޯގަނައިޒްކުރާ އެއްޗެއްސާއި ބުކް ސިލިންގް ފަދަ ތަކެތި ފަހައި އެ ބާވަތްތައް ވިއްކަމުން އަންނަ ލޭޑީ ކްރާފް އިން މިވަނީ ނިއު ނޯމަލް ސޭލް އެއް ހުޅުވާލާފައެވެ.
20% ޑިސްކައުންޓް ލިބޭ މި ސޭލް ކުރިއަށް ދާނީ މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. ކުޑަކުދިންނަށް ހާއްސަ އުނދޯއްޔާއި އެކުދީން ކުޅޭނެ ޓެންޓަކީ ގޭތެރޭގައި ގިނަވަގުތު ހޭދަކުރަން ޖެހިފައިވާ މިދަނޑިވަޅުގައި ދަރިންނަށް ވަރަށް ކަމުދާ ހަދިޔާއަކަށް ވެދާނެއެވެ.
ލޭޑީ ކްރާފް އިން ވިއްކަމުން އަންނަ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އުނދޯލި ޑޒައިންތަކުގެ ތެރެއިން އެންމެ މަޤުބޫލު އުނދޯއްޔަކީ ތުއްތު ކުދިންގެ އުނދޯއްޔެވެ. ހަތަރު މަހުން ފެށިގެން ކުދިން ބައިންދާލެވޭ މި އުނދޯއްޔަކީ ސްޕޮންޖާއި ޕެޑިން އަދި ކުޝަން ބޭނުންކޮށްގެން ފަހާ ވަރަށް ހިތްގައިމް އުނދޯލިތަކެވެ. އަދި މިއީ ރައްކާތެރި ކަމަށް ހާއްސަ ބެލްޓް ވެސް ހިމަނައިގެން ޓެސްޓްކޮށް ކަސްޓަމަރުންގެ ޔަގީންލިބި އިތުބާރު ލިބިފައިވާ އުނދޯލިތަކެވެ. ޑިޒައިންތައް ވެސް ވަރަށް ހިތްގައިމެވެ.
ރަށްރަށުންނާއި މާލެއިން ވެސް އޯޑަރު ކުރެވިދާނެއެވެ. ކަސްޓަމަރުން ޑިޒައިން ދެއްކުމުން ބޭނުންވާ ތީމަކަށް އުނދޯލި ތައްޔާރުކޮށްދެއެވެ. މީގެން އުންދޯޔެއް ނުވަތަ ޓެންޓްއެއް ރާވާ ރޫޅާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ދަރިން ކުޅެ ނިމުމުން ފޮރުވަންވީއެވެ.
ތަފާތު ޑިޒައިންތަކުގެ އުނދޯއްޔާއި ޓެންޓްތައް ބައްލަވާލެއްވުމަށް ލޭޑީ ކްރާފްޓް އެމްވީ އިންސްޓަގްރާމް ނުވަތަ ލޭޑީ ކްރާފްޓް ފޭސްބުކް ޕޭޖްއަށް ޒިޔާރަތްކޮށްލައްވާށެވެ. އޮންލައިން މިފިހާރައިން ކޮންމެ ކަހަލަ އުނދޯއްޔަކަށް ވެސް އޯޑަރު ދެވިދާނެ އެވެ. އޯޑަރ ދެއްވުމަށް ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޕޭޖްއަށް މެސެޖް ކުރައްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!