ރާއްޖެއިން ކޯވިޑް ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ

IMG-560bb7df4897f356fb7504441d6e0234-V

ރާއްޖެއިން ކޯވިޑް-19 ބަލީގައި 11 ވަނަ މީހަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިފަހަރު މިބަލީގައި މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެކެވެ. މި މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް-11 ގައި ފަރުވާ ދެނިކޮށް ރޭ މެންދަމު 1:52 ގައި ކަމަށް އެޗުޕީއޭ އިން ބުންޏެވެ.

ރޭ މަރުވި އަންހެން މީހާއަކީ  މިމަހުގެ 2 ވަނަ ދުވަހު ހަމަ މި ބަލީގައި މަރުވި އުމުރުން 92 އަހަރުގެ މީހާގެ އަނބިމީހާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މީގެކުރިން ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ފަސް ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ޕިލިޕީންސްގެ މީހެކެވެ. ރޭ މަރުވި މީހާއާއި އެކު ރާއްޖެއިން ކޯވިޑް -19 ޖެހިގެން މަރުވި މީޙުންގެ އަދަދު މިވަނީ 11 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި 2،435 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 2،030 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާކުރެވެމުން ދަނީ 389 މީހުންނަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި