•  
  •  
  •  
  •  
  •  
  •  
  •  

ކޯވިޑް-19 އަށްފަހު މި އަހަރުގެ ބަޖެޓް އަލުން މުރާޖަޢާކޮށް އެކުލަވާލެއްވުމާއި 2021 ވަނަ އަހަރުގެ މެދުރާސްތާގެ ބަޖެޓާއި ބެހޭ މަޝްވަރާތައް މިއަދު ބޭއްވެވި ކެބިނެޓް ވަރކިންގ ސެޝަނުގައި ކުރިއަށް ގެންދަވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޯވިޑް-19 އަށްފަހު ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލުތަކާއެކު މިއަހަރުގެ ބަޖެޓަށް ބަދަލު ގެންނެވުމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާ ކަންތައްތަކުގެ މަޢުލޫމާތު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވަނީ މި ސެޝަނުގައި ހިއްސާ ކުރައްވާފައެވެ. އަދި، ވަކިވަކި އިދާރާތަކުގެ ބަޖެޓަށް ގެންނަވާ ބަދަލުތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވުން ވެސް މި ސެޝަނުގައި ކުރިއަށް ގެންދަވާފައިވެއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19 އަށްފަހު ޤައުމު އާރާސްތުކޮށް އިޤްތިޞާދު އިޢާދަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ބަޖެޓަށް ގެންނަންޖެހޭ ބަދަލުތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑް-19 އަށްފަހު ގެންނަވާ ބަދަލުތަކުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކަށް އިސްކަންދެއްވައިގެން ބަދަލުތައް ގެންނެވުމަށް ވަޒީރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ