ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދަމުންދާ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.
އެކުންފުނިން ބުނީ ހަނިމާދޫ މަގުތައް އެއްވަރު ކުރުމުގެ 52 އިންސައްތަ މަސައްކަތް ނިމުމުގެ އިތުރުން، މަގުތަކުގައި ޕޭމަންޓް ގައު އެތުރުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެއިތުރުން ފެންހިންދުމަށް ބޭނުންވާ ޓޭންކުތަކާއި، ކޭބަލް ޖަންކްޝަން ހޮޅިތައް އެޅުމުގެ މަސައްކަތް ނިމިފައި ވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަގުތަށް އެއްވަރުކުރުމުގެ %52 ނިމިއްޖެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.
22 މެއި 2019 ގައި އެކުންފުންޏާއި ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގެ މައި މަގުތަކުގައި ތާރު އަޅާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިގޮތުން ޖުމްލަ 38916 ސްކެއަރ މީޓަރ ތަރައްޤީ ކުރާން ހަމަޖެހިފައިވާއިރު، 16518 ސްކެއަރ މީޓަރ ޕޭވްމަންޓްގެ ގޮތުގައި ތަރައްޤީ ކުރާނެއެވެ.
މީގެ އިތުރުން ކޭބަލް ޖަންކްޝަންތަކާއި، މަގު ބައްތި ޖެހުމަށާއި، މަގުތަކުގެ ނިޝާންތަކާޢި، މަގުތަކުގައި ހުންނަން ޖެހޭ ފާހަގަތަކުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.
Road leveling work is currently ongoing for construction of major roads at H. Dh. Hanimaadhoo; with 52% of road leveling works and 80% of curbstone precasting work complete. Settlement tanks and cable junction pipe laying works needed for the project are already complete. (1/3) pic.twitter.com/j58Z9YrAes
— MTCC Plc (@MTCCPlc) June 28, 2020
204 ދުވަހުން ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މިމަޝްރޫޢުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 15 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 46.7 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީއިން ވަނީ މި ޖޫން މަހުގެ 6 ވަނަ ދުވަހު ހަނިމާދޫގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ. 57.1 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ދަށުން ކުރާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 53،523 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ހިއްކައި ފުންކުރުމާއި، 355 މީޓަރުގެ ބްރޭކްވޯޓާއެއް ގާއިމްކޮށް 50 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި، 270 މީޓަރުގެ އެއްގަމު ތޮށި ގާއިމްކޮށް އަދި 1015 މީޓަރުގެ ސަރަހައްދެއްގައި މޭވްމެންޓު ގާއިމް ކުރާނެ އެވެ.
އެމްޓީސީސީއިން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ހަލުވިކަމާއިއެކު ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!