މަސައްކަތްތެރިންނަށް ކުރާ އަނިޔާ ހުއްޓާލާ މިނިމަމްވޭޖް އަވަސްކުރުމަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާކޮށްފި އެވެ.
ދިއްދޫ ފުލެޓް ސަރަހައްދުގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގައި ދިއްދޫގެ ގިނަ އަދަދެއްގެ ޒުވާނުންވަނީ ބައިވެރިވެފައެވެ. ރިސޯޓު ތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ޒުވާނުން ދިއްދޫގައި އުޅެމުންއަންނައިރު ދިއްދޫގެ ގިނަ އަދަދެއްގެ މުވައްޒަފުން ރިސޯޓުތަކުން ކަނޑާލާލަމުން އަންނާތީ ދިއްދޫ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދިއްދޫގައި ގާތްގަނޑަކަށް 100 އަށްވުރެ ގިނަ ޒުވާނުން އެއްވެ ކުރި މި މުޒާހަރާގައި އަޑު އުފުލާފައިވަނީ މިހާރު މަޖިލީހުގައި ބަހުސް ކުރެވެމުންދާ ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުތަކާއި މެދު ހުރި ކަންބޮޑުވުންތަކާބެހޭ ގޮތުންނެވެ.

އެސަރަހައްދުގައި ހުރި ޒުވާނަކު ބުނީ މިއީ ވަޒީފާއާއިބެހޭ ޤާނޫނާށް ހުށަހަޅާފައިވާ އިސްލާހުތަކާއި ދެކޮޅަށް ދިއްދޫގައި ކުރިޔަށް ގެންދިޔަ ޞުލްހަވެރި އަޑުއުފުލުމެއްކަމަށެވެ.
މިމުޒާހަރާގައި ވާހަކަ ދައްކަމުން ދިޔަ ފާރާތުން ފާހަގަކޮށްފައިވަނީ މިހާރު މަޖިލިސްއަށް ހުށައެޅިފައިވާ މަސައްކަތްތެރިންގެ ބިލުން މަސައްކަތްތެރިންގެ ވަރަށް ގިނަ ހައްޤުތަކެއް ގެލިގެން ދާކަމަށެވެ. ހާއްސަކޮށް 21 ވަނަ މާއްދާއިން މަސައްކަތްތެރިންގެ ހައްޤުތައް ވަރަށް ބޮޑަށް އުނިވެގެންދާ ކަމަށާއި އޭގެ ތެރޭގައި ވަޒީފާ ދޭފަރާތަށް ނުވަތަ ރިސޯޓުތަކުގެ އޯނަރުންނަށް، ހަމަ އެކަނި ސީޒަންއަށް މުވައްޒަފުން ނެގުމަށްފަހު ސީޒަން ނިމުމާއި އެކު މުވައްޒަފުން ވަކިކުރުމުގެ ބާރު ނުވަތަ މުވައްޒަފުން ފޮނުވާލުމުގެ އިޙްތިޔާރު ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.

21 ވަނަ މާއްދާ އުވާލުމަށް ސަރުކާރަށް ގޮވާލަން، ހާއްސަކޮން ހުރިހާ މެންބަރުންނަށް ގޮވާލަން މިގޮތަށް މިބިލު ފާސްވެގެން ގޮސްފިނަމަ މިއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭ ވަރަށް ބޮޑު ނިކަމެތިކަމެއް. އެއްގޮތަކަށްވެސް މިބިލު ފާސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫ.
މުޒާހަރާގެ ބައިވެރިއަކު ޓިން ޓިން ލައިވްއަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ މިސަރުކާރު ގެނައުމުގައި ރިސޯޓު ތަކުގެ މުވައްޒަފުންގެ ދަޢުރު ބޮޑުކަމަށެވެ. އަދި ތިލަދުންމައްޗަށް މަޖިލީހުން އެމްޑީޕީއަށް ބޮޑު އަަގުލަބިއްޔަތެއް ދީފައިވާކަން ފާހަގަ ކުރިއެވެ. އަދި މިނިމަމް ވޭޖުގެ ގޮތުގައި އެޖެންޑާ19 ގައި ވާހެން 10000 ރުފިޔާ ހަމަ ޖެހިގެން ދިއުމަށް ތިލަދުންމައްޗަށް ނިސްބަތްވާ މަޖިލިސްމެންބަރުންނަށް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!