ާޤާނޫނު ނަންބަރު، 5/2020 ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020 ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑު އަލުން އެކުލަވާލައްވައި، އެ ބޯޑަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު 7 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ރައީސްގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހިނގާ ޖޫން މަހުގެ 2 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނާ އެކު އެލްޖީއޭ ބޯޑަށް ހަތް ބޭފުޅަކު އައްޔަންކުރައްވާފައިވާ ކަމަށެވެ.

Ad
rt

އެލްޖީއޭގެ ބޯޑަށް މިއަދު އައްޔަނު ކުރެއްވި ބޭފުޅުން

  • (ރައީސް) އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހޯމްއެފެއާޒް (ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރު)
  • އަލްފާޟިލް މުޙައްމަދު ޝިހާބު، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް / ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • އަލްފާޟިލް އަޙްމަދު ސަމީރު، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް
  • އަލްފާޟިލާ ފާޠިމަތު އަފްޝަން، ލަޠީފް ޗީފް އެގްޒެކެޓިވް އޮފިސަރ (ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން
  • އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް
  • އަލްފާޟިލް އަޙްމަދު ޝަރީފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް
  • އަލްފާޟިލާ ފާޠިމަތު ނިޢުމާ، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު ވުޖޫދަށް އައުމާއި ގުޅިގެން މިހާރު ހުރި ކައުންސިލްތަކުގެ ދައުރު ވަނީ އައު ކައުންސިލްތައް އިންތިޚާބު ކުރެވެންދެން ދެމިގެން ގޮސްފައެވެ.

އިންތިގާލީ މުއްދަތުގައި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ކައުންސިލްތަކުން ދީ، އެ ގާނޫނުގެ ދަށުން ކައުންސިލްތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަކީ އެލްޖީއޭގެ ޒިންމާއެކެވެ