ހއ ދިއްދޫގައި ޒުވާނުންތަކެއް ނުކުމެ ދިއްދޫގައި ހަދަމުންދާ ޓާފް ދަނޑުގެ ސަބްބޭސް މަސައްކަތް ހުއްޓުވައިފި އެވެ.

ދިއްދޫ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ ޓާފްގެ ސަބްބޭސް ހެދުމުގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިއްދޫ ޒުވާނުން ނިކުމެ ދަނޑުގައި މިހާރު ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓުވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

Ad
rt

ދަނޑުގެ މަސައްކަތުގެ ފެންވަރު ދައްވުމާއި ގުޅިގެން ދިއްދޫ ޒުވާނުން އެތަނަށް އެއްވުމާއި ގުޅިގެން މިނިސްޓްރީއާއި މަސްވަރާކުރުމަށް ފަހުގައި ނޫނީ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ކައުންސިލްގެ ރައީސް ވަނީ އެދިފައެވެ.

މަސައްކަތް ހުއްޓުވާލުމާއި ގުޅިގެން މިރޭގެ ވަގުތެއްގައި ދިއްދޫގެ ޖަމިއްޔާ ތަކާއި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ބައްދަލުވުމެއް ބޭވުމަށް ހަމަޖެހިފައިވާކަމަށް ދިއްދޫގެ ޒުވާނުން ވަނީ ބުނެފައެވެ. އަދި އޭނާ ބުނީ ޓާރފްދަނޑުގެ މަސައްކަތް ކުރަމުން ދިޔައީ ވަރަށް ފެންވަރު ދަށްކޮށް ކަމަށާއި ދަނޑުހެދުމަށް ރޭވިފައިވާ ގޮތާއި ވެސް ހިލާފަށްކަމަށް ޒުވާނާ ބުންޏެވެ.

މިކަމާއި ގުޅިގެން ދިއްދޫ ކައުންސިލްގެ ބަހެއްވަނީ ލިބޭގޮތް ނުވެފައެވެ. އެރަށު ގައި ޒުވާނުން ފުޓުބޯޅަ ކުޅުމަށް އެރަށުގައި އޮންނަނީ 2 ދަނޑެވެ. އެއްދަނޑުގައި މަސައްކަތް ކުރަމުންދާތީ ޒުވާނުންނަށް ކުޅިވަރުކުޅުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ދިއްދޫ އުތުރު ފުޓްބޯޅަ ދަނޑުގައި ކުޅުވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދިއްދޫގެ ހުރިހާ ކުލަބު ޖަމްޢިއްޔާ ތަކާއި އަދި ޒުވާނުންނާއެކު ދިއްދޫ އިޖްތިމާއީ މަރުކަޒުން ރޭވަނީ ބައްދަލުވުމެއްވެސް ބާއްވާފައެވެ. މިބައްދަލުވުމަށް ފަހު ދިއްދޫ ކައުންސިލުން ވަނީ ދެކުނު ދަނޑުގެ ސަބްބޭސް މަސައްކަތުގެ ކުރެހުންތައް އެކައުންސިލްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައެވެ.