ކޯވިޑް-19 އާއި ގުޅިގެން ޚާއްސަ ގޮތެއްގައި އިޖުތިމާއީ ގޮތުން ގިނަ އެހީތެރިކަމެއް ފޯރުކޮށް ދެމުން އަންނަ ހެޕީމާކެޓްގެ ފަރާތުން އުތުރު ތިން އަތޮޅަށް 500 ފޭސް ޝީލްޑް ހަދިޔާކޮށްފިއެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ހެޕީމާކެޓްގެ ފަރާތުން އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅުގެ 41 ރަށަށް ބޭނުންވާނޭ 500 ފޭސް ޝީލްޑް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ 500 ފޭސް ޝީލްޑް އުތުރުގެ 3 އަތޮޅުގެ 41 ރަށަށް، އެރަށްރަށުގެ އާބާދީ ނިސްބަތަށް ބަލައި، ފޯރުކޮށްދޭނެ ކަމަށެވެ.

މިލިބުނު ފޭސް ޝީލްޑްތަކަކީ ސިއްހީ ހިދުމަތްތެރީން ބޭނުންކުރަމުންދާ އާލާތްތަކަށް އިތުރުވެގެންދާ ވަރަށް މުހިންމު އާލާތެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެކުގައި މަސައްކަތްކޮށް މިހާލަތުން އަރައިގަނެވޭނެ ކަމަށާއި، އަދި ހެޕީމާކެޓުގެ މި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ހެޕީމާކެޓުން މީގެ ކުރިންވެސްވަނީ ކޯވިޑާއި ގުޅިގެން އުތުރުގެ ބައެއް ރަށްރަށަށް ސިއްހީ ބައެއް ރައްކާތެރިވުމުގެ އާލާތް ހަދިޔާ ކޮށްފައެވެ. އުތުރުގެ ރަށްތައް ނޫނަސް ހެޕީމާކެޓުން ދަނީ މިފަދަ އިޖުތިމާއީ ކަންކަމުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.