ިރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމްގެ "ނާޒިމްއަފާ ފައުންޑޭޝަން" އިން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކޮށްފި އެވެ.

މިތަކެތި ހަދިޔާ ކުރެއްވުމަށްފަހު ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރަށްވާފައިވާ ކާނަލް ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށެވެ.

Ad
rt

ނާޒިމްއަފާ ފަައުންޑޭޝަނުގެ ފަރާތުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 އައިޓަމްސް ހަދިޔާކޮށްފިކަމަށާއި، ކޯވިޑް-19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއަށް ދިއުމަށް އެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

‏މިއަދު ހަދިޔާ ކުރި ޕީޕީއީގެ 6000 އައިޓަމްސް ތެރޭގައި ސެނިޓައިޒާ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނޭ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެކުރިން ނާޒިމް މެދުވެރިވެގެން ނާޒިމްގެ އެކުވެރިއެއް ކަމަށްވާ މެލޭޝިޔާގެ ވިޔަފާރިވެރިޔާ، ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަ ޗޮކް ފަރާތުންވެސް ވަނީ ރާއްޖެއަށް ދެ ފަހަރެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިގޮތުން އެ ވިޔަފާރިވެރިޔާ މެދުވެރިވެ ފޯރުކޮށްދިން 60،000 ފޭސް މާސްކު ނާޒިމް ވަނީ ހުސްވި މޭ މަހުގެ 6 ވަނަ ދުވަހު ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަވާލު ކުރަށްވާފައެވެ. އަދި ހަމަ އެވިޔަފާރިވެރިޔާ މެދުވެރިވެގެން ފޯރުކޮށްދިން 1،000 ޕީޕީއީ ކިޓު، ޖޫން 4 ވަނަ ދުވަހު ނާޒިމް ވަނީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަވާލު ކުރަށްވާފައެވެ.