އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވިރަމަންޓަލް އެވެއަރނެސް ސޮސައިޓީ (އައިޑިއާސް) އާއި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއެއް ހއ. ކެލާ ސިއްހީ މަރުކަޒަށް ފޯރުކޮށްދީފިއެވެ.

އައިޑިއާސް ގެ ޑިރެކްޓަރ އޮފް އެޑްމިނިސްޓޭޝަން އަލީ ފިރާޒް މައުލޫމާތު ދެއްވި ގޮތުގައި މިތަކެއްޗަކީ މެންބަރުންނާއި ހެޔޮއެދޭ ފަރާތް ތަކުގެ އެހީތެރިކަމާއި އެކު ހޯދިފައިވާ ތަކެތިކަމަށެވެ. އަދި އެފަރާތް ތަކުން ޖަމްޢިއްޔާގެ އެކި ކަންކަމުގައި ވަމުން އަންނަ އެހީތައް ފާހަގަ ކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

Ad
rt

ކެލާ ސިއްހީމަރުކަޒަށް އެފަރާތުން ވަނީ 12 ފުޅި ހޭންޑް ސެނިޓައިޒަރ، 500 ޑިސްޕޮޒިބަލް ގުލޯވްސް އަދި 550 ފޭސްމާސްކު ހަދިޔާކޮށްފައެވެ. އެޖަމިއްޔާއިން ވަނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

އައިޑިއާސް އަކީ ހއ. ކެލާއަށް ނިސްބަތްވާ މަދަނީ ޖަމިއްޔާއެކެވެ. އެޖަމިއްޔާ ފާހަގަ ކުރެވިފައިވަނީ ވަރަށް ހިންގުންތެރި މުޖުތަމަޢުއަށް ވަރަށް ބޭނުންތެރި ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެއްގެ ގޮތުގައެވެ.