މާސްކު އެޅުމާމެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ) އިން ދެކޭގޮތް ބަދަލުކޮށް، ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފިއެވެ.

މާސްކު އެޅުމާމެދު ދެކޭގޮތް ޑަބްލިއުއެޗްއޯ އިން ދެކޭގޮތް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ވަނީ ބަލި ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުންނައިރު މާސްކު އަޅަން ލަފާދީފައެވެ. އަދި މިކަން މިގޮތަށް ކުރުމަށް ސަރުކާރުތަކުން ރައްޔިތުންނަށް ބާރު އަޅަން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ގޮވާލާފައެވެ.

Ad
rt

ޑަބްލިއުއެޗްއޯ އިން މާޗްމަހުގެ ފަހުކޮޅު ބުނެފައިވަނީ ބަލި މީހަކު ނަމަ، ނުވަތަ ބަލި މީހަކަށް ފަރުވާ ދޭ މީހަކަށް ނުވާ ނަމަ، މާސްކު އެޅުމަށް ލަފާ ނުދޭނެ ކަމަށެވެ.

"މިވަގުތު ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަކީ އެންމެ ރިސްކު ބޮޑު މީހުން. އެމީހުނަށް މާސްކު ނުލިބިދާނެކަން ހިތަށް އެރުމުންވެސް ވަރަށް ބިރުވެރި"

މާޗްމަހުގެ 30 ވަނަ ދުވަހު ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު މައިކް ވިދާޅުވެފައިވެއެވެ.

ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރު ޑޮކްޓަރު މައިކް ރައިން އިތުރަށް ވިދާޅުވީ އެންމެން މާސްކް އަޅަން ވެއްޖެ ނަމަ މާސްކަށް ޖެހިދާނެ ކަމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލި އެންމެ ބާރަށް ފެތުރެމުން އައި އޭޕްރީލްމަހު އެޖަމިއްޔާއިން ބުނަމުން އައި ބުނުން އިއްޔެވަނީ ތަކުރާރުކުރައްވާފައެވެ. މާސްކު އެޅުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅޭ ވަރަށް ކުޑަ ފިޔަވަޅެއްކަން ފާހަގަކުރަމުން ޑަބްލިއުއެޗްއޯ އިން ވަނީ ހަމައެކަނި މާސްކު އެޅުމުން އަދި ބަލިން ރައްކާތެރިވެވުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށް ބުނެފައެވެ.

ސާޖިކަލް ފޭސް މާސްކު އެޅުމުން ކޯވިޑް 19 ނުޖެހޭނެ ކަމަށް ބައެއް ސައިންސްވެރިން ގަބޫލުކުރާއިރު އަނެއްބައި ސައިންސްވެރިން އެކަމާއި އެއްބަހެއް ނުވެއެވެ.

ތިލަދުން | Thiladhunމާސްކު އަޅުއްވާއިރު ސަމާލުކަން ދޭންވީ ‏ކަންތައްތައް!މިއަދު މިވަނީ މާސްކު އެޅުން ދިރިއުޅުމުގެ އާދައަކަށް ހަދަން ޖެހިފައެވެ. ލޮލަށް ނުފެންނަ ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ގޭން ބޭރަށް ނިކުންނަ...

ފޭސްމާސްކް އެޅުމަކީ ރައްކާތެރިކަމެއް ކަމަށް ޤަބޫލުކުރާ ސައިންސްވެރިން ބުނަނީ، މާސްކް އެޅުމުން ކޯވިިޑް 19 ޖެހިފައި ހުރިކަން ނޭނގުނު ނަމަވެސް، އެހެން މީހުންނަށް ބަލި ޖެއްސުމުން ދުރުވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ދެކޮޅަށް ވާހަކަދައްކާ ސައިންސްވެރިން ބުނަނީ، ކޯވިޑް 19 ފަތުރާ ވައިރަސް ފިލްޓަރ ކުރުމަށްވުރެ މާސްކްގެ ޝީޓް ތުނި ކަމަށެވެ.