ހއ ކެލާއިން މަސްތުވާތަކެއްޗާއިއެކު 30 އަހަރުފެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ޕޮލިސް އިންޓެލިޖެންސްއާއި ހއ ކެލާ ޕޮލިސް ގުޅިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް މިރޭ އިރާކޮޅު 19:45 ހާއިރު ހިންގި އޮޕަރޭޝަންއެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބުލެޓް ސައިޒް ޕެކެޓްއަކާއި އެކު 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ، އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކަމަށާއި އެމައްސަލަ އިތުރަށް ތަޙްޤީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވައްކަމުގެ މައްސަލައެއްގައިވެސް އެރަށުން އިތުރު މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހުވެސް ކެލާ ބަންދަރު ސަރަހައްދުން މީހަކު ހުއްޓުވައި ބަލައި ފާސްކުރި އިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްއަކާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ކުދި ޕެކެޓް ފެނިފައިވާ މައްސަލަ އެއް ގައި 28 އަހަރުގެ މީހަކުވެސް ހަޔަރުކޮށޤފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!