ހދ. ހަނިމާދޫ އަންހެން ކަނބަލުންގެ އެދުމުގެ މަތިން ހަނިމާދޫ ދެކުނުއަވަށަށް ނިސްބަތްވާ ރޫޙް ޓީމުން އިސްނަގައިގެން އެރަށު އަންހެން ނަމާދު ކުރަމުން އައި މިސްކިތު ގޯތިތެރޭގައި ހުރި ފެންތާނގިތައް ސާފު ކޮށްފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ޙިއްސާ ކުރަމުން ރޫޙްޓީމް ގެ ހަސަން މޫސާ ވިދާޅުވީ ގިނަދުވަސްތަކެއް ވަންދެން ތާނގިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން ތާނގިތައްވަނީ ވަރަށްބޮޑަށް ހަނޑިވެފައި ކަމަށެވެ. އެހެން ކަމުން މަޤުސަދަކީ ރަށުގެ ރައްއިތުންނަށް ސާފު އަދި ރައްކާތެރި ފެން މި ތާނގިތަކުން ފޯރުކޮށް ދިނުން ކަމުގައެވެ.
މިހާތަނަށް އެއަވަށު އަންހެނުން ނަމާދުކުރި މިސްކިތު ގައި ހުރި 2500 ލީޓަރުގެ 4 ތާނގީގާއި އަދި 5000 ލީޓަރުގެ 1 ތާނގި ވަނީ ސާފުކޮށްފަ، އަދި ފެންނެގުމަށް ބޭނުން ކުރަމުންދާ ހޮޅިލައިނާއި އިސްކުރުތައް ވަނީ މަރާމާތުކޮށް އާކޮށްފައި
މައުލޫމާތު ޙިއްސާ ކުރަމުން ރޫޙްޓީމް ގެ ހަސަން މޫސާ ވިދާޅުވިއެވެ.
މި ތާނގިތަކުން ރަށުގެ އާންމުނާއި ހޮޓާ އަދި ބިދޭސީން ފެން ބޭނުންކުރަމުންދެއެވެ. މިމަސައްކަތުގައި އެ ޓީމުގެ 15 ކަށް ކުދިންވަނީބައިވެރިވެފައިވެ އެވެ. އަދި މާދަމާ އެރަށު ފިރިހެނުން ނަމާދު ކުރަމުން އަންނަ މިސްކިތުގެ ފެންތާނގިތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަނިމާދޫ ކައުންސިލްގެ ނިމުނު ދައުރުގައިވެސް ރޫޙް ޓީމުން ވަނީ މިމަސައްކަތް ކޮށްފައެވެ. އަދި އޭގެ ފަހުންވެސް ވަނީ މިކަން ކުރުމަށް މަސައްކަތް ކޮށްފައެވެ.

ރޫޙްޓީމަކީ ހަނިމާދޫ ދެކުނު އަވަށް ނިސްބަތްވާ ފުޓްބޯޅަ ޓީމެކެވެ. އެޓީމުން އަންނާނީ މިފަދަ ތަފާތު އިޖުތިމާޢީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. އެޓީމުގެ މިސައްކަތަކީ އެހެންޓީމުތަކުން ނަމޫނާ ނަގައި ޝުކުރު ހައްޤު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!