މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާކަމަށް ހދ ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ.

ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ކުރާމުން މިދާ ވިއްސާރައިގައި އެރަށު ރައްޔިތުންނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 21 އަދި 22 ވަނަ ދުވަހު އެކަނިވެސް ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ހިމެނޭ ކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

Ad
rt

މީގެ އިތުރުން 10 މިރުސްގަހަކަށް މި ވިއްސާރައިގައި ގެއްލުން ލިބިފައިވާއިރު ރަށުގެ އެކި ސަރަޙައްދުތަކުން 3 ރުއް ވެއްޓިފައިވާ ކަމަށް ކައުންސިލުން އާންމުކުރި މައުލޫމާތުގައިވެއެވެ.

ވައިކަރަދޫގެ ދަނޑުތަކަށް ލިބުނު ގެއްލުންތައް ކައުންސިލުން ބަލަަން ފަށާފައިވާއިރު މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކިރަށްރަށަށް އެކި ވަރުގެ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.