ހދ.ވައިކަރަދޫއަށް ރޭ ގަދަ ވަޔާއިއެކު ކުރި ވިއްސާރައިގައި އެރަށު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރޭގެ ވަގުތެއްގައި އައި ގަދަ ވަޔާއިއެކު ރަށުގެ ބައެއް ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ.
ގިނައިން ގެއްލުން ވެފައިވަނީ ފަތްކެޔޮ ގަސްތަކަށް އަދި ބައެއް ދަނޑުތަކުގެ ފުޅައްވެސް ވަޔާ އެއްލާލާފައިވާނީ، ގިނަ ފަތްކެޔޮ ގަސްތަކުން ކެޔޮގަނޑު ވެސް އައިސްފައި ހުރީ
ތިލަދުންއާއި ވާހަކަ ދައްކަމުން އޭނާ ފާހަގަ ކުރެއްވި އެވެ.
މިދުވަސްވަރަކީ ހުޅަނގު މޫސުން ކަމުން، ގަދަ ވަޔާއިއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިންވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ސާމާލުވެސް ނެރެފައެވެ.
އުތުރުގެ އަތޮޅުތަކަށް، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުތެރޭ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމުގައި މެޓް އޮފީހުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!