މޮޅަދޫ ޒުވާނުން ރަށުތެރެ ސާފުކޮށްފި

photo_2020-05-15_23-32-03

ޤަވާޢިދުން ސާފުކުރަމުން ދިޔަ ހއ. މޮޅަދޫގެ އިޖުތިމާއީ ސަރަހައްދުތައް، ކޯވިޑް-19 ހާލަތާއި ގުޅިގެން ސާފުކުރުމަށް ދަތިތައް ކުރިމަތިވެ ވެފައި ވަނިކޮށް އެރަށު ޒުވާނުން އިސްނައިގެން އެ ރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މޮޅަދޫ ޒުވާނުން އިސްނަގައިގެން މިއަދު މިފެށި މަސައްކަތް މިއަދު މެންދުރު ފަހު 2:30 އިން ހަވީރު 17:30 އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް "ތިލަދުން" އަށް ވިދާޅުވީ، މިއަދު އެރަށުގައި ފެށުނު ރަށުގެ އިޖުތިމާއީ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތަކީ އެރަށުގެ ޒުވާނުން އިސްނަގައިގެން ފެށި މަސައްކަތެއް ކަމަށެވެ. މިއަދު ކުރެވުނު މަސައްކަތުގެ ދަށުން އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތައް ސާފު ކުރެވިފައިވާ ކަމަށާއި، މާދަމާވެސް މި މަސައްކަތް ކުރުން އޮންނާނެ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

" ރަށުގެ އިޖުތިމާއީ ސަރަޙައްދުތައް ކުނި ކަހައި ބަލަހައްޓަމުން ގެންދަނީ ރަށުގެ އަންހެން ކަނބަލުން، ނަމަވެސް ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އެ މަސައްކަތް މިއޮތީ ހުއްޓިފައި، މިއަދު ރަށުގެ ޒުވާނުން މި މަސައްކަތަށް އިސްނެގީތީ ވަރަށް އުފާ ކުރަން، އަދި އެ ޒުވާނުންނަށް ޝުކުރު އަދާކުރަން،  މޮޅަދޫގެ ރައްޔިތުން މިހާލަތުގައި ދައްކަވާ އެއްބައިވަންތަ ކަމަށްވެސް ޝުކުރު ދަންނަވަން. " ނިޝާމް ވިދާޅުވިއެވެ.

މޮޅަދޫ ޒުވާނުން އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްކޮށްފައި ވާތީ، މޮޅަދޫ ނިސްބަތްވާ ރައްޔިތުންގެ މަޖިލިސްގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވަނީ އެކަން ފާހަގަ ކުރަށްވާފައިއެވެ. ޝިފާއު ވިދާޅުވީ މޮޅަދޫން ދައްކުވައި ދިނީ އެއްބައިވަންތަ ކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *