ރާއްޖެއިން ކޯވިޑް-19އަށް އިތުރު މިއަދު 24 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން މިބަލިޖެހުނު މީހުންގެ އަދަދު 642 ކަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ 01 މީހެއްގެ އިތުރުން 03 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 642 އަށް އިތުރުވެފައެވެ.

Ad
rt

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ބިދޭސީންގެ 406 މީހަކު ޕޮޒިިވް ވެފައިވާއިރު، ދިވެހިންގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 215 މީހެކެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހެކު ވަނީ މަރުވެފައެވެ. އެއީ 83 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 33 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. ބަންގްލަދޭޝް މީހާ މަރުވީ ސީދާ ބަލީގެ ސަބަބުން ނޫން ނަމަވެސް، ބައްޔަށް ޕޮޒިޓިވްވެފައި ވުމުން އޭނާގެ މަރުވެސް ގުނަނީ ކޮވިޑް-19 މަރެއްގެ ގޮތުގައެވެ.

ކޮވިޑް-19 މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުންވެސް ވަނީ ފެނިފައެވެ. އެ ރަށްތައް ލޮކްޑައުންކޮށް ކޮންޓެކްޓް ޓްރޭސް ކުރަމުންދާއިރު، އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފަ އެެވެ.

އަދި ކުރިއަށް އޮތް ދެހަފްތާއަކީ ރާއްޖެއަށް އެންމެ އުދަގޫ 2 ހަފްތާއަށް ވެގެންދާއިރު މިދެހަފްތާގައި ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.