ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ވެބްސައިޓު ހެކްކޮށް ސަރުކާރަށް އިންޒާރުގެ މެސެޖެއް ދީފި އެވެ.

އެ ވެބްސައިޓަށް ހެކްކޮށް، އެ ވެބްސައިޓް ހެކްކުރި މީހުން ވަނީ އެ ވެބްސައިޓަށް ވަންނައިރަށް ޔޫޓިއުބް ވީޑިއޯއެއް ފެންނަ ގޮތަށް ހަދާފައެވެ.

Ad
rt

އެ ވީޑިއޯގައި މާސްކެއް އަޅައިގެން ހުންނަ މީހަކު ސަރުކާރަށް އިންޒާރުގެ މެސެޖެއް ދެއެވެ. ނަމަވެސް މިހާރު އެޗްޕީއޭގެ ވެބްސައިޓަކަށް ނުވަދެވެއެވެ.

ސަރުކާރަށް ފާޑު ކިޔަައި އެ މެސެޖުން އިންޒާރު ދީފައި ވަނީ ސަރުކާރުގެ ނެޓްވޯކްތައް ހެކްކޮށް، މައުލޫމާތުތައް ލީކްކޮށްލާނެ ކަމަށް ބުނެއެވެ. އަދި ރައްޔިތުންނަށް ފައިދާވާ ގޮތްގޮތަށް ސިޔާސަތުތައް ބަދަލު ނުކުރާނަމަ ސަރުކާރުގެ ނެޓްވޯކުތަކާއި ފައިނޭޝަލް އިންފްރާސްޓްރަކްޗާ ހަލާކޮށްލާނެ ކަމަށްވެސް އެ އިންޒާރުގައި ބުނެފައިވެއެވެ.

އެ ވީޑިއޯގައި ބުނާ ގޮތުން ސަރުކާރުން ކޯވިޑް-19 އިހުމާލުވެފައިވާ ކަމަށާއި އަޅާފައިވާ ފިޔަަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެމީހާ ބުނެއެވެ.

އެ ވީޑިއޯގައި އިންޑިއާގެ "ފޭޝިސްޓު ސަރުކާރުން" މި ގައުމުގެ މައްޗަށް ވެރިވެގެންފައިވާ ކަމަށް ބުނެފައިވާއިރު، މަޖިލީހުގެ މެމްބަރުންނަށްވެސް އިންޑިއާއިން ފައިސާ ދީފައިވާ ކަމަށް ދޭހަވާ ގޮތަކަށް އެ މެސެޖުގައި ވާހަކަ ދައްކާފައިވެއެވެ.

އެ މެސެޖުގައި ބުނަނީ އިތުރަށް މަޑެއް ނުކުރާނެ ކަމަށާއި ކޮމްޕިއުޓާ ސާވާތަކަށް ހަމަލާދީ ދައުލަތުގެ ސިއްރު މައުލޫމާތުތަކާއި ޑޮކިއުމަންޓުތައް ހާމަ ކުރާނެ ކަމަށާއި މިހާރުގެ ރޭވުންތަކަށް ބަދަލު ނުގެންނަހާ ހިނދަކު އެ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެޗްޕީއޭގެ ވެބްސައިޓު ހެކް ކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.