ކުޅުދުއްފުށީ ސިޓީ މިއަދު މެންދުރު ބާރައިން ފެށިގެން ފުރަބަންދު ކޮށްފައި ވާއިރު، އެ ސިޓީ ފުރަބަންދު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގާފައިވާ އެންގުމާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްފައި ބުނީ، ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށި ކޯވިޑް-19 ޓާސްކު ފޯހުގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން 21 އެޕްރީލް 2020 ގެ މެންދުރު 12:00 އިން 24 އެޕްރީލް 2010 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ފުރަބަންދުކޮށް ކާފިއު ހިންގާފައި ވާކަން އެންގިފައި ވާކަމަށެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު އިޢުލާން ކުރެވިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 2020/39
ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދު ތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އެ ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުން ކަމަށް އެ ޢިއުލާނުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.

އެހެން ކަމުން އެސިޓީގައި ކާފިއު އިޢުލާންކޮށްފައިވާ މުއްދަތުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި، އެ އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔާއާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އެޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރާކަމަށްވެސް ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވެއެވެ.

މިދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށާއި ސަލާމަތީ ބާރުތަކުގެ
އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އެކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ފަރުދީ ޒިންމާ ފުރިހަމައަށް އަދާކުރުމަށްވެސް އެކައުންސިލްވަނީ އެ ޢިއުލާންގައި ނަސޭހަތްތެރިވެފައެވެ.