ކެނޯއެއްގައި ހދ. ނޮޅިވަރަމުން ފުރައިގެން ހދ. ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގުފަރާތުން އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.

މިކަމާއި ހުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށްފައިވާ ދަންޑިވަޅެއް ގައި، ހުއްދަ ނުހޯދާ 19 އޭޕްރީލް 2020 ވަނަ ދުވަހު ހދ. ނޮޅިވަރަން ހުޅަންގު ފަރާތުން ކެނޯ އެއްގައި އައި 2 މީހަކު ހދ.ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގު ކޮޅުން ބަނޑުން ޖަހާލާފައި ވާކަމަށް ބުނެ ހދ.ކުޅުދުއްފުއްޓަށް އަރާފައިވާ މައްސަލަ އެއް ފުލުހުއްނަށް ހުށަހެޅިފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މި ދެ މީހުންނަށް އެއްވެސް އަނިޔާ އެއް ލިބިފައެއް ނުވާކަމަށާއި މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުން ކެނޯގައި ދަތުރު ކޮށްފައިވަނީ ކެނޯގެ ވެރިފަރާތުގެ ހުއްދަ އެއް ވެސް ނެތިކަމަށެވެ.

މި މައްސަލައިގައި 23 އަހަރާއި އަދި 30 އަހަރުގެ މީހަކު ވަނީ ފުލުހުން ގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ފުލުހުން ހައްޔަރު ކުރި ދެމީހުންނަކީ މަސްތުވާތަކެތި ބޭނުން ކުރާކަމަށް އެރަށު މީހުން ޝައްކު ކުރާ ދެމީހުން ކަމަށެވެ.

ނޮޅިރަމް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނަސްފައެވެ. އެޗްޕިއޭއިން މިކަން ވަނީ ހދ. ނޮޅިވަރަމް ކައުންސިލަށް މިރޭ އަންގާފައެވެ.

ނޮޅިވަރަމް ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވަނީ ނޮޅިވަރަމަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ.

ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކުރުން